ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖުތިމާއީ ފޭރާން ހަލާކުވާ ކަންކަމުން އެއްބަޔަކަށްވެސް ފައިދާއެއް ނުވާނެ: ޢައިޝަތު ޝިހާމް

އިޖުތިމާއީ އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާގެ ވަޒީރު ވަޒީރު ޑރ އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާއީ ފޭރާން ހަލާކުވާ ޒާތުގެ ކަންކަމަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އަހާ ފޯރަމްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އާންމުންގެ މީހަކު ކުރި ސުވާލެއްގައި ވަނީ މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި މީހުންގެ އަބުރަށް އަރައިގަތުމާއި، ބޭއަދަބީ އެތައް ކަމެއް މުޖުތަމައުގެ ތެރޭގައި އާންމުވަމުންދާއިރު، އެކަންކަން ބެލޭތޯ ސުވާލުކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ، މުޖުތަމައަކީ އެންމެންނަށްވެސް އަމާންތަނެއްގެ ގޮތުގައި ހެދުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ. މިއީ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުމާވެސް ގުޅިފައިވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޖުތަމައުގައި ހުންނަ އެފަދަ މައްސަލަތައް ޙައްލުކުރުމަށް އެއް ބަޔަކު އަނެއްބަޔަކަށް އެހީވެދީ ފަރުދީ ޒިންމާ އަދާކުރަންޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އިޖުތިމާއީ ފޭރާން ހަލާކުވާ ޒާތުގެ ކަންކަމަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ހަޑިހުތުރުބަހުން ވާހަކަ ދެއްކުން ނޫނީ ހިތްދަތިވާ ގޮތަށް އިހާނެތިކޮށް އުޅުން، މިއީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވާ ކަމެއް، މިއީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫން

މީގެ އުތުރުން، އުމުރުން ދުވަސްވީ މީހުންނާއި އިސް ރަށްވެހިންނަށް އަޅާލުމުގެ މުހިއްމުކަންވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދަރުމަވެރި މަސައްކަތްތައް ކުރުމުގައި އަމިއްލަ އެކި ޖަމިއްޔާތަކުންވެސް ފައިދާހުރި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެއީ މިނިސްޓްރީންވެސް ނުހަނު ބާރުއަޅާ ކަމެއް ކަމަށެވެ. އެކަމަށް ފަސޭހަކޮށްދިނުމަށް ސަރުކާރުންވެސް ފުރުސަތުތައް ފަހިކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެކިއެކި އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޤާބިލު ޖަމްޢިއްޔާތައް އުފެދި، ހަރަކާތްތެރިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ، އިޤްތިޞާދީ، މާލީ އަދި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަމާނުއްސުރެ ދިވެހިރާއްޖޭގައި އެކި ފެންވަރުގައި ހަރަކާތްތެރިވަމުންދާ އަދި މިހާރުވެސް އެފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކަށް ވަޒީރު ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: