ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހަށް ބަސް އަދި ފެރީ ދަތުރުތަކަށް ބަދަލުތަކެއް އަންނާނެ: އެމްޓީސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރޯދަ މަހަށް އެމްޓީސީސީން ދޭ ހިދުމަތް ތަކުގެ ގަޑިތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އެމްޓީސީސީން ބުނެފައިވަނީ ރޯދަ މަހު ބޮޑަށް ބަހުގެ ހިދުމަތްތައްވެސް ބައްޓަންކޮށްފައިވަނީ ސްކޫލު ގަޑިތަކާއި އަދި ރޯދަ މަހުގެ ގަޑިތަކަށް ކަމަށެވެ. އެހެންނަމަވެސް މިއަހަރު އެހެން އަހަރުތަކާއި ތަފާތު ކަމަށާއި މިފަހަރު މުޅި ރޯދަ މަހު ސްކޫލުތައް ބަންދުވާނެ ކަމަށެވެ. އެހެންކަމުން ބޮޑަށް ހިދުމަތްތައް ދިނުމުގައި ބަލާނީ ވާޒީފާއަށްދާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ފެރީތަކާއި ބަސްތަކާއި، މުޅިރާއްޖެއަށްވެސް ދޭ ހިދުމަތް ތަކަށް ބަލާއިރު އެންމެން އެއްފަހަރާ އެންމެ ގިނައިން ދަތުރު ކުރާ ސަރަހައްދަކަށް އޮންނަނީ މާލެ ކަމަށެވެ. އެގޮތުން މާލެ ބަހަކީވެސް ގާތްގަނޑަކަށް 25000 ނުވަތަ 26000 މީހުން ދަތުރު ކުރާ އުޅަނދެއް ކަމަށް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އޮފީސް ގަނޑިތަކަށް ހާއްސަކޮށްގެން ރޯދަ މަހުގެ ގަޑިތަކުގެ ތެރޭގައި ބަހުގެ ހިދުމަތް ފަށާނީ، ހެނދުނު 7 ޖަހާއިރު ކަމަށާއި އަދި މުޅިދުވަހުގެ މައްޗަށް އެކި ފްރީކުއެންސީ ތަކުުގައި ބަސް ދަތުރުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ރޯދަ ވީއްލާ ގަޑިއަށް ބްރޭކެއް ނަގާނެ ކަމަށައި އަދި އިޝާ ނަމާދަށް ފަހު ދަންވަރު 00:30 އަށް ބަހުގެ ހިދުމަތްތައް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފެރީގެ ހިދުމަތްތަކަށް ބަލާއިރު އެންމެ ގިނަ މީހުން ބޭނުން ކުރަނީ ވިލިމާލެ ފެރީގެ ހިދުމަތް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. ވިލިމާލޭގައިވެސް އެކި ގަޑިތަކުގައި ނުވަތަ އޮފީސް ގަޑިތަކާއި، އޮފިސްތައް ނިމޭ ގަޑިތަކާއި، ހަވީރުގެ ގަޑި ތަކުގައި އާއްމުކޮށް ބާރު ބޮޑުކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެގަޑިތަކަށްވެސް ސަމާލު ވެގެން ގަޑިއަށް ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްޓީސީސީން ވަނީ ހިދުމަތް ހޯއްދަވާ ހުރިހާ ކަސްޓަމަރުންގެ ގާތުންވެސް ދަތުރަށް ކުރިއާލާ ތައްޔާރުވުމަށް އިލްތިމާޒް ކުރައްވާފައެވެ. އަދި އެމްޓީސީސީގެ އެޕްލިކޭޝަން މެދުވެރިކޮށާއި ވެބްސައިޓުން ވެސް އުޅަނދުތަކުގެ މައުލޫމާތުތައް ލިބޭނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: