ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަނީ ގާބިލްކަން ނެތިގެންނެއް ނޫން،: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޤާބިލުކަން އިތުރަށް ފުޅާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމީ މެންބަރުންގެ ގާބިލްކަން ނެތިގެން ނޫން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެއެވެ.

މި މަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލީހުގެ މެންބަރުންނަށް މަތީ ތަޢުލީމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފައިވެއެވެ. މީގެ އިތުރުން، މެންބަރުންނަށް ބެޗްލަރ ޑިގްރީ ކޯހެއް ފެށުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ އިދާރާއިން ބަޔާންކުރައްވާފައިވެއެވެ.

މި ޕްރޮގްރާމްތަކާ ގުޅޭގޮތުން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އަޒާން ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ މެންބަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ޤާނޫނީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް މެންބަރުން އަމިއްލައަށް ތަމްރީނުވުމުގެ މުހިންމުކަން އަޒާން ފާހަގަކުރެއްވިއެވެ.

މެންބަރުން މަސައްކަތްކުރައްވާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ތަމްރީނުތައް ހޯދުމުގެ މުހިންމުކަންވެސް އަޒާން ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން، މާލިއްޔަތު ކޮމިޓީގައި މަސައްކަތްކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން، އޮޑިޓް ރިޕޯޓުތަކާއި އައި.އެމް.އެފްގެ ރިޕޯޓުތައް ފަދަ ލިޔެކިޔުންތަކާ ގުޅޭ އިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މަޖިލިސް މެންބަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާކަން އަޒާން ފާހަގަކުރެއްވިއެވެ. އަދި 20 ވަނަ މަޖިލީހުގެ މެންބަރުން އިންތިޚާބުވުމާއެކު، ބޭރުގެ މަދަނީ ޖަމްޢިއްޔާއަކާ ގުޅިގެން ބައެއް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާކަންވެސް ހާމަކުރެއްވިއެވެ.

އެއީ ހަމަ ކުރާކަމެއް ހުރިހާ ގައުމެއްގައިވެސް، ހަމަ ރާއްޖޭގައިވެސް ފުރަތަމަ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ހޮވިގެންވެސް ހަމަ ބޭރުގެ އެންޖީއޯއަކާއި ގުޅިގެން ހަމަ ބައެއް ކަހަލަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ.

އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ އެއްވެސް ހާލެއްގައި ޕްރޮގްރާމްގެ މަގްސަދަކީ ހުރިހާ މެންބަރުން ގާނޫނީ ވަކީލުންނަށް ވުން ނޫންކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ވަރަށް ގިނަ މެންބަރުންނަކީ މިހާރުވެސް ތައުލީމީ ގޮތުން ގާބިލް ބޭފުޅުންކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ނުކިޔާ ބަޔަކުކަމަށް ފާހަގަކޮށް އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވާ އަޒާން ވިދާޅުވީ، މަޖިލީހުގައިވެސް ވަރަށް ގާބިލް އިލްމީ ގޮތުން މަތީ ފާސްތައް ނަންގަވައިގެން ތިއްބެވި ބޭފުޅުން އެބަތިބިކަމަށެވެ.

ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ބޭފުޅުންވެސް އެބަތިބި، އެއާކްރާފްޓް އިންޖީނިއަރުންވެސް އެބަ ހުންނަވާ މެންބަރަކަށް، އެހެން ގޮސް ހަމަ ކިޔަވާގެން ތިބޭ ތައުލީމީ މީހުން އެބަތިއްބެވި.

އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ ތައުލީމީ ގޮތުން މާ ބޮޑެތި ސަނަދުތަކެއް ނެތް މެންބަރުން ތިއްބެވި ނަމަވެސް، އެ މެންބަރުންނަކީ ވިޔަފާރި ނުވަތަ މަސައްކަތުގެ ދާއިރާއިން ވަރަށް ކާމިޔާބު ބޭފުޅުންކަމަށެވެ. މެންބަރުން އިންތިހާބުކުރުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ރައްޔިތުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: