ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނުފޫޒުން އެއްކިބާވެ ތަހުގީގުކުރާއިރު ދިވެހި ފުލުހުންނަކީ ހުނަރުވެރި އަދި ޤާބިލު ބައެއް“

މި މައްސަލަ ބެއްލެވި ފަނޑިޔާރުން
ޝެއާރކޮށްލާ ކަހަލަދޯ؟

26 ނޮވެންބަރު 2012 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް މާލޭގައި އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގައި މަރާލާފައިވާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަކީ ބުރަ އަދި ހުނަރުވެރި ތަހުގީގެއްކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

މި މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ޙުކުމުގައި ރައުޔު އިއްވަވަމުން ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ، މޮނީރުލް އިސްލާމްގެ ހަށިގަނޑު 26 ނޮވެމްބަރު 2012 ގައި ފެނުނުތާ ދެހަފްތާ ތެރޭގައި ފުލުހުންގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ޤާތިލުކަމަށް ޝައްކު ކުރެވޭ މީހާއާ ދިމާއަށް ގޮސްފައިވަނީ ބުރަ މަސައްކަތުން އަދި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އެކި މުވައްޒަފުންގެ މިންނެއް މަސައްކަތުން ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް ފުލުހުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޓީޖެޓީ މޫދު އަޑި ބަލައިފާސްކުރުމާއި، އދ ދަނގެތީ ޖެޓީ ސަރަޙައްދާއި ގޮނޑުދޮއް ބަލައިފާސްކުރުމާއި، އދ ދަނގެއްޗަށް ފުލުހުންގެ ތަހުގީގު ޓީމެއް ގޮސް ތަހުގީގު ކުރުމާއި، މޮނީރުލް އިސްލާމްގެ ފޯނުގައި ހުރި ނަންބަރުތަކަށް ގުޅައި އެތައް ބަޔަކާ ސުވާލުކޮށް، އެމީހުންގެ ސާމްޕަލްތައް ނަގައި ތަހުގީގު ކުރުން ފަދަ އެތައް ކަމަކަށް ފަނޑިޔާރު އަލިއަޅުވާލެއްވިއެވެ.

ޓީޖެޓީ މޫދު އަޑި ބަލައިފާސްކުރުމާއި، އދ ދަނގެތީ ޖެޓީ ސަރަޙައްދާއި ގޮނޑުދޮއް ބަލައިފާސްކުރުމާއި، އދ ދަނގެއްޗަށް ފުލުހުންގެ ތަހުގީގު ޓީމެއް ގޮސް ތަހުގީގު ކުރުމާއި، މޮނީރުލް އިސްލާމްގެ ފޯނުގައި ހުރި ނަންބަރުތަކަށް ގުޅައި އެތައް ބަޔަކާ ސުވާލުކޮށް، އެމީހުންގެ ސާމްޕަލްތައް ނަގައި ތަހުގީގު ކުރުމާއި، މިހެން ގޮސް ދެހަފްތާ ތެރޭގައި އެތައް ފުލުހެއްގެ އެތައް ވަގުތެއް ހޭދަކޮށްފައިވޭ

މީގެ އިތުރުންވެސް ރާއްޖޭގައި ނެތް ބިދޭސީއަކު އެނބުރި ރާއްޖެއަށް އައުމުން އޭނާއާ ގުޅިގެންވެސް މި މައްސަލައިގައި އިތުރު ތަހުގީގުތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ނުފޫޒާއި ޖަޒުބާތުން އެއްކިބާވެ ތަހުގީގުކުރާއިރު ދިވެހި ފުލުހުންނަކީ ހުނަރުވެރި އަދި ޤާބިލު ބައެއްކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. މި މުޅި މައްސަލައަކީ ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން އެއް ވަގުތެއްގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ މައްސަލައެއްކަން ފެންނަން އޮތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް މި މައްސަލައިގައި ކަމްރުލް އިސްލާމްގެ ތަހުގީގު ބަޔާނަށް ބަލައި ނަގާފައިވާ ދެ ހެއްކެއް ޝަރީއަތަށް ބަލައިނުގަނެވޭނެކަމަށް ފަނޑިޔާރުން ނިންމެވިއެވެ. ސަބަބަކީ އެ ބަޔާނަކީ ޤާނޫނާ އެއްގޮތަށް ނެގިފައިވާ ބަޔާނެއްކަމަށް ހުށަހެޅިފައިވާ ލިއެކިއުންތަކުން ފެންނަން ނެތުމުންނެވެ. ނަމަވެސް ދެން ހުރި ހެކިތަށް ޝަރީއަތުން ބަލައިގަތެވެ.

ރަހުމުކުޑަ ގޮތަކަށް މޮނީރުލް އިސްލާމް މަރާލާފައިވާއިރު، ފުލުހުންގެ ތަހުގީގު ފަށާފައިވަނީ މޮނީރުލް އިސްލާމްގެ ކޯލް ލޮގްތަކާ ހިސާބުންނެވެ. ފަނޑިޔާރު ވިދާޅުވާ ގޮތުގައި އެ ކޯލް ލޮގްތަކަކީ ޝަރީއަތަށް ހުށަހެޅުން މުހިއްމު އެއްޗެއް ނަމަވެސް، ޕީޖީ އޮފީހުން އޭރު ދައުވާތައް ހުށަހެޅިއިރު މި ތަފްސީލުތައް ހުށަހެޅިފައެއް ނުވެއެވެ.

މި މައްސަލައަކީ ފުލުހުން ވަރަށް ރަނގަޅަށް ތަހުގީގު ކޮށްފައިވާ މައްސަލައެއްކަން ފާހަގަ ކުރައްވައި ފަނޑިޔާރު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ދައުވާ އުފުލުނު ފަހުން ހެކި ހުށަހެޅުމުގައި އެންމެ އެދެވިގެންވާ ގޮތަށް ކަން ހިނގާފައިނުވާ ކަމަށެވެ. އެގޮތުން ކަމްރުލް އިސްލާމް ދަނގެތިން މާލެ އައިސް، އޭނާ މާލޭގައި އުޅުނު މަގުތަކުގެ ތަފްސީލުތައް އޭނާގެ ފޯން ކޯލް ޑީޓެއިލްސްއިން ފުލުހުން ބަލާފައިވާއިރު، ޕީޖީ އޮފީހުގެ ފަރާތުން އެ މައުލޫމާތުތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިނުވާކަމަށް ފަނޑީޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކަމްރުލް އިސްލާމް ދަތުރުކުރި ދޯނީގެ ފަޅުވެރިންގެ ބަޔާންތައްވެސް ފުލުހުން ނަގާފައިވާއިރު، އެމީހުން ކޯޓަށް ހާޒިރުކޮށްފައިވެސް ނުވާ ކަމަށާއި، ބަޔާން ނެގި މީހުންގެ ބަޔާންތައް ކޯޓަށް ހުށަހަޅާފައިވެސް ނުވާކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

ކީއްވެކަން މުޅިއަކުން ސާފެއް ނޫން، އަދި އެ ހެކިންނަކީ މުހިއްމު ބައެއް ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމީ ކީއްވެގެން ކަމެއް ނޭނގެ

ކަމްރުލް އިސްލާމް ވަނީ މުނީރުލް އިސްލާމް މެރިކަމަށް ތަހުގީގުގައި އެއްބަސްވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެކަމަށް އޭނާ އިންކާރުކޮށްފައިވާއިރު، އެ ހެކިތައް ހުށަހެޅުނުނަމަ މި މައްސަލައިގެ ދައުވާއަށް އިތުރަށް ބާރު ލިބޭނެކަން ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއުސުއޫދު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.

މި މައްސަލައިގައި ކަމްރުލް އިސްލާމްއާ ދެކޮޅަށް އޮތް އެންމެ ބޮޑު ހެއްކަކީ އޭނާގެ ފައިތިލައިގެ ނިޝާން ކްރައިމް ސީންގައި ހުރުމެވެ. މީގެ އިތުރުންވެސް އިތުރު ހެކި ހުރިއިރު، ކަމްރުލް އިސްލާމްއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތައް ނަފީ ކުރެވޭ ފަދަ އެއްވެސް ހެއްކެއްވެސް އޭނާގެ ފަރާތުން ހުށަހެޅިފައި ނެތްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ކަމްރުލް އިސްލާމްގެ އިއުތިރާފު އެއްފަރާތްކުރުމުން މުޅިންވެސް ހުރީ ޤަރީނާ ކަމަށާއި، އެ ޤަރީނާތަކުގައި ފުށުއެރުމެއް ނެތްކަމަށްވެސް ފަނޑިޔާރުން ވިދާޅުވިއެވެ.

އެހެންކަމުން މި ދައުވާ ކަމްރުލް އިސްލާމްގެ މައްޗަށް ސާބިތުވާކަމަށް ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: