ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދަށް އަނެއްކާވެސް އާންމުންގެ ހިޔާލު ހޯދަނީ

ޗާންދަނީ މަގު ސަރަހައްދުގައި ހުރި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފިހާރައެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދަށް އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

މީގެ ކުރިންވެސް މި ގަވާއިދަށް ހިޔާލު ހޯދުމަށް ހުޅުވާލިއެވެ.

މިދިޔަ އޮކްޓޯބަރު މަހު އަމަލު ކުރަން ފެށި އައު ގަވައިދަށް އެމްއެމްއޭ އިން އާންމުންގެ ހިޔާލަށް ހުޅުވާލީ ގާނޫނީ އޮނިގަނޑަށް ލިބުނު ހުށަހެޅުންތަކަށް ބަލައި ޑޮލަރު މާރު ކުރުމަށް ދެ އިހުތިޔާރެއް ދިނުމަށް ފަހުއެވެ. އެއީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ނުވަތަ ގްރޮސް ސޭލްސް ޕްރޮސީޑްސްގެ 20 މާރުކުރުމެވެ.

އެމްއެމްއޭއިން ވަނީ މިހާރު އެކުލަވާލެވިފައިވާ ބޭރު ފައިސާއާބެހޭ އާންމު ގަވާއިދަށް އާންމުންގެ ހިޔާލް ފެބުރުވަރީ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ،foreignexchange@mma.gov.mv  އަށް މެއިލް ކުރުމަށް އެދިފައެވެ.

އެމްއެމްއޭއިން ވަނީ، ބޭރު ފައިސާއިން އަދާ ކުރަންޖެހިފައިވާ ޓެކްސްގެ އިތުރުން ސަރުކާރަށް ބޭރު ފައިސާއިން އަދާކުރަންޖެހޭ މުއާމަލާތްތައް އިސްތިސްނާ ކުރުމަށް ނިންމާފައެވެ.

މި ހާލަތުގައި އިސްތިސްނާވާ ފަރާތްތަކެއް ގާނޫނުގައި ކަނޑައަޅާފައިވޭ. އެއީ:

1- ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން
2- އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން
3- ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ މީހުން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: