ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. އަތޮޅުގައި ފަތުރުވެރިކަމަށް ފުުރުސަތު އެބަ އޮތް، ކުރިއެރުމަށް އަބަދުވެސް މަސައްކަތްކުރާނެ: ތާރިގް

ލ. އަތޮޅުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. އަތޮޅުގައި ފަތުރުވެރިކަމަށް ފުުރުސަތު އެބަ އޮތް، ކުރިއެރުމަށް އަބަދުވެސް މަސައްކަތްކުރާނެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ލ. އަތޮޅުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، ލ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރެއްވިއެވެ. އަދި އެ އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.

މިނިސްޓަރ ތާރިގް ވިދާޅުވީ، ލ. އަތޮޅަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ގިނަ ފުރުސަތުތަކެއް ހުރި އަތޮޅެއްކަމަށާއި، އެ އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އަދި މެންބަރު އިސްމާއީލް ޝަފީއު ފާހަގަކުރެއްވީ، ލ. އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާގެ ފުރުސަތުތައް އުފެއްދުން ކަމަށެވެ.

މި ބައްދަލުވުމަކީ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: