ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްދުންމަތީ ގަމުގެ އިހްތިސާސްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުންމަތީ ގަމުގެ އިހްތިސާސްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިހެން ނިންމަވާފައި ވަނީ،ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/5 ވަނަ ގަރާރުންނެވެ.

ގަމުގެ އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.

ރަށްތަކުގެ ކައުންސިލްތަކުން އެދޭ ގޮތަށް، ޕްރޮޕޯސަލް ހުށައެޅުމުން، އެ ޕްރޮޕޯސަލްއަކީ އެކަށީގެންވާ ޕްރޮޕޯސަލެއްނަމަ ފަޅު ރަށްތައް ދޫކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ މި ސަރުކާރުންނެވެ.

ދާދި ފަހުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ފަޅު ރަށްތައް ވަކި ގިންތިއެއްގެ މީހުންނަށް ދޫކުރާ ދޫކުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލުކޮށްފައިވާކަމަށެވެ. ފަޅު ރަށްތައް ވަކި ގިންތިއެއްގެ މީހުންނަށް ދޫކުރާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގައި ފަޅު ރަށްތައް ހިމަނައިދޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން ވަރަށް ގިނަ ކައުންސިލްތަކުން އެކަމަށް އެދެމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުމުން ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތްތައް ކުރުމަށް ފަރުމާކޮށްފައި ހުންނަ ޕްރޮޕޯސަލްތަކަށް ސަރުކާރުން ހުއްދަ ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ވިޔަފާރީގެ ގިނަ ބޭނުންތަކަށް ރަށްތައް ބޭނުންކުރެވޭ ގޮތަށް ކައުންސިލުތަކަށް ދޫކުރުމާއި ބެހޭގޮތުން ސަރުކާރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކަށެވެ.

މި އުސޫލު އާންމުކުރުމުގެ ކުރިން ކައުންސިލުތަކަށް ރަށްތައް ދެމުން އައިސްފައިވަނީ އެތަންތަން ބަލަހައްޓާ އުސޫލުގެ ދަށުންކަމަށްވާއިރު، އައު އުސޫލާއިއެކު، ކައުންސިލުތަކަށް ދޫކުރާ ރަށްތަކުގައި އިގްތިސާދީ މަންފާތައް ހާސިލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރުމަށް ރަށްތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: