ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްތަކާއި، ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކުގައި ހަގީގަތެއް ނޯވޭ، މުހިންމީ ތެދު ހަގީގަތް: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ހަމަޖެހުން ގާއިމު ކުރެވޭނީ މީޑިއާތަކުންނާއި، ސޯޝަލް މީޑިއާގައި ވެސް ހަގީގަތަށް ވާހަކަ ދައްކައިގެންކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިންތިޒާމުކޮށްގެން ރޭ ކުރިޔަށް ގެންދިޔަ މާހެފުން ހަފްލާގައި ފަލާހުގެ ވާހަކައިގައި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވީ ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތަކެވެ. އެގޮތުން ކަރަންޓުގެ މައްސަލަ ހައްލު ކުރުމާއި، ކާބޯތަކެތީގެ ސިޔާސަތެއް އެކުލަވާލައި އަގުތައް ހިފެހެއްޓުމުގެ އިތުރުން އުމްރާވެރިންނަށް 1،500 ޑޮލަރު ބޭންކު ރޭޓުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސާފައިވާނެކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ވެރިކަމުގެ މިދިޔަ އަހަރެއްގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކާއި ގުޅޭގޮތުން، ތަފާތު އެކި ވާހަކަތައް ދެކެވިފައިވާކަމަށެވެ. އަދި އެއީ އެއްވެސް އަސްލެއް ނެތް ރައްޔިތުންގެ ހިތުގައި ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަށް ދެކެވޭ ވާހަކައެއްކަމަށް ތުހުމަތު ކުރައްވައި ފަލާހު ވިދާޅުވީ މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުވާން ޖެހޭކަމަށެވެ.

ފަލާހު ވިދާޅުވީ ކުރިޔަށް އޮތީ ރަމަޟާން މަސްކަމަށްވުމާއި އެކު ފިތުނަ އުފެދޭ ކަންކަމަށް ރައްޔިތުން ސަމާލުވާން ޖެހޭކަމަށެވެ. ހާއްސަކޮށް މީޑިއާތަކާއި އެކިއެކި ޕްލެޓްފޯމުތަކުގައި ދެކެވޭ ކޮންމެ ވާހަކައެއްގައި ހަގީގަތް އެކުލެވެނީ ކިހާ މިންވަރަކަށްތޯ ބަލަން ޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ. އޭގެ ސަބަބަކީ ފަލާހު ވިދާޅުވި ގޮތުގައި ގައުމުގެ މަސްލަހަތެވެ.

ފަލާހު ވިދާޅުވީ ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން އެތައް ގެއްލުންތަކެއްވެ، ފަސާދައިގެ ތެރެއަށް ގައުމު ވެއްޓިގެންދާކަމަށެވެ. އެހެންކަމުން ގައުމުގެ ހަމަޖެހުމަށް މިއަދު އެންމެ މުހިންމު ކަމަކީ ކޮންމެ ގޮތަކުން ދެކެވޭ ވާހަކައަކީ ވެސް ހަގީގަތެއް އޮތްކަމެއްތޯ ނޫސްވެރިން ކަށަވަރު ކުރުމެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ވަކިވަކި ފަރުދުން ވާހަކަތައް ދެއްކުމުގައި، އަމިއްލަ މަސްލަހަތު އިސްކުރުން ދޫކުރުމަށް ފަލާހު ގޮވާލެއްވިއެވެ.

މީގެއިތުރުން ފަލާހު ވިދާޅުވީ ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެކެވޭނަމަ، އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ރައްޔިތުންނާއި ސަރުކާރު ދެމެދު އަދި ދޭދޭ ފަރުދުންގެ މެދުގައި ވަރަށް ބޮޑެތި މައްސަލަތައް ދިމާވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: