ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރަން ކުރާ މަސައްކަތްތަކަށް އެމްޑީޕީން ހިތްހަމަނުޖެހޭނެކަން އެނގޭ: ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ޕީއެންސީ ކުރަމުންދާ މަސައްކަތާއި މެދު ހިތްހަމަނުޖެހި އެމްޑީޕީ ދެކޮޅުވެރިވާނެކަން އެނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ މިނިވަންކަމާއިއެކު މަސައްކަތް ކުރާ މުއައްސަސާއެއްކަމަށެވެ. އަދި ރައްޔިތުން ވަނީ މަލްޓި ޕާޓީ ނިޒާމެއް ބަލައިގަނެފައިކަމަށްވުމުން ރާއްޖޭގައި ވެރިކަން ކުރަމުން ދަނީ އެ ނިޒާމުގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހެއް އިންތިހާބު ކުރާއިރު ޕާޓީތަކުގެ ޓިކެޓުތަކާއި މިނިވަންކޮށް ވެސް ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތު އޮންނަކަމަށެވެ. އަދި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެނައުމަށްފަހު ރައްޔިތުން ވަނީ ނިޒާމު އެތުރިފައިވާ ގޮތަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގައިވެސް ޕީއެންސީއަށް ބޮޑު އަގުލަބިއްޔަތެއް ކާމިޔާބުކޮށްދީފައިކަމަށެވެ.

ޝުޖާއު ވިދާޅުވީ، ނިޒާމު އޮންނަ ގޮތަށް ބަލާލުމުން އެއްވެސް ސިޔާސީ ޕާޓީއަކަށް އަޅުވެތިކަމެއް އޮތްކަމަށް ބުނުމަށް ޖާގައެއް ނޯންނާނެކަމަށް ދެކިވަޑައިގަންނަވާކަމަށެެވެ. މެމްބަރު ވިދާޅުވީ، ސުޕަރ މެޖޯރިޓީއެއް މަޖިލީހުން ހާސިލުކޮށްދީ ޕާޓީއެއްގެ ވެރިކަން ބާރުވެރިކުރުވަނީ ރައްޔިތުންކަމަށްވާއިރު މަޖިލިސް އުފެދިގެން އަންނަނީ ރައްޔިތުންގެ ތާއީދު އޮތް ގޮތެއްގެ މައްޗަށްކަމަށެވެ.

ޝުޖާއު ވިދާޅުވީ، 19 ވަނަ މަޖިލީހުގައި އިދިކޮޅުގެ ގޮތުގައި އޮތީ ޕީޕީއެމްގެ ފަސް މެމްބަރުންނާއި ޕީއެންސީގެ 3 މެމްބަރުންކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީ އޭރު ރައްޔިތުންގެ މަޖިލީސް އޮންނަން ޖެހޭ ގޮތްކަމަށް ރައްޔިތުން ނިންމާފައިވާ ގޮތްކަމަށެވެ. އެހެންކަމުން މިއަދު އެމްޑީޕީއަށާއި ވާދަވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާއިމެދު ސުވާލު އުފެއްދުމަށް ފުރުސަތެއް ނެތްކަމަށާއި ޕީއެންސީން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ކަށަވަރުކުރެވޭ ގޮތަށް ހުރިހާ ގާނޫނުތަކެއް އިސްލާހުކުރުމަށްކަމަށެވެ.

މެމްބަރު ވިދާޅުވީ، ހުރިހާ ބަދަލެއްވެސް ގެންނަނީ އެގޮތުގެ މަތިންކަމަށާއި އަޅުވަމުންދަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ނުދާނެ ފަދަ ލޮކުތަކެއްކަމަށް ފާހަގަކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ، އެފަދަ ބަދަލުތަކެއް ގާނޫނާއި ގާނޫނުއަސާސީއަށް ގެންނަމުންދިއުމުން ވާދަވެރި އެމްޑީޕީގެ ހިތްހަމަނުޖެހުންތަކެއް އޮންނާނެކަން އެނގިވަޑައިގަންނަވާކަމަށެވެ.

ޝުޖާއު ވިދާޅުވީ، ޕީއެންސީގެ ވިސްނުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުންކަމަށެވެ. އެހެންކަމުން އެ މަގުސަދު ހާސިލުކުރުމަށްޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާއިރު އެކަމާއި ހިލާފު ވިސްނުންތަކެއް މިއަދުގެ ވާދަވެރިން ގެންގުޅުން އެކަށީގެންވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ނިމިދިޔަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން މަސައްކަތްކުރިއިރު އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ ކަންކަން ހުރިގޮތް ފެނިގެންދިޔަކަމަށެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ ކަންކަން ކޮށްފައިވާކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: