ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވުމާ ގުޅިގެން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

ފޮޓޯ:ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުން ގޯސްވެ ވިއްސާރަވެފައިވާ މި ދުވަސްވަރު، މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފިއެވެ.

މިގޮތަށް އިލްތިމާސްކޮށްފައިވަނީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މަގުތަކުގެ އާންމު ސާފުތާހިރުކަން ގެއްލިދާނެތީއެވެ.

ވެމްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، މޫސުން ގޯސްވެފައިވި ނަމަވެސް، އެ ކުންފުނިން ވަނީ މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދާނެކަމަށް އަންގާފައެވެ. އަދި އެއްވެސް ގެއަކުން ކުނި ނުނެގި ހުރިކަން ފާހަގަކުރެވިއްޖެނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅައި އެކަން އެންގުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ރޯދަމަހު ކުނި ނަގާ ގަޑިތަކަށް ބަދަލު

މި ދުވަސްވަރަކީ ރަމަޟާން މަސް ކަމަށްވުމާއެކު، ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މާލޭގައި ރަމަޟާންމަހު ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށެވެ. ހުޅުމާލޭގައި ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 9:30 އިން ދަންވަރު 1:30 އަށެވެ.

މީގެއިތުރުން، ވެމްކޯއިން ވަނީ ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފައެވެ. މިއީ ކުނި ނަގާ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: