ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ހަދަމުންދާ ހޮޓެލް ސައިޓުން ރޯދަމަހު ހޯލްސޭލްކޮށް މުދާ ދޫކުރާނެ: ޝިމާދު

ޝިމާދު އިބްރާޙިމް: ފޮޓޯ/މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ހަދަމުންދާ ޓޫރިސްޓް ހޮޓެލް ސައިޓުން މި ރޯދަ މަހު ހޯލްސޭލްކޮށް މުދާ ދޫކުރާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޝިމާދު ވިދާޅުވީ އެސްޓީއޯއިން ކާޑުގެ ބާވަތްތައް ފިޔަވާ އެހެނިހެން ބާވަތްތައް ސީދާ މާކެޓަކަށް ނުނެރޭކަމަށެވެ. ތަކެތި ލިބޭނެ ގޮތް ހެދުމާއި އަގުތައް ހިފެހެއްޓުމަށް އަމިއްލަ ކުންފުނިތަކާއި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ޝިމާދު ވިދާޅުވިއެވެ

އެސްޓީއޯގެ ގިނަ ޕްރޮޑަކްޓްސްތަކަކަކީ އިމްޕޯޓުކުރާ ތަކެތިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފާހަގަކުރެއްވީ މޭވާގެ ބާވަތްތަކާއި، ކާށިފަދަ ތަކެއްޗެވެ.

އެސްޓީއޯގެ ޕްރެޒެންސް 11 ރަށެއްގައި އެބަހުރިކަމަށާއި، މާލޭގައި އެސްޓީއޯ ސުޕާ މާކެޓްގެ އިތުރުން އިންޑަސްޑްރިއަލް ސަރަހައްދުގައި ހުންނަ ފިހާރައަކުން ހޯލް ސޭލް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ހޯލް ސޭލް ކުރުމުގައި މަސައްކަތްކުރަނީ ހުޅުމާލޭގައި ހުންނަ ފިހާރަތަކާއި ގުޅިގެން ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ރޯދަ މަހު ރިއުއެސްޓަކާއި ގުޅިގެން އެސްޓީއޯއިން ހަދަމުންދާ ހޮޓެލް ސައިޓްގައި ހޯލްސޭލްކޮށް މުދާ ދޫކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތަކެތީގެ އެވޭލަބިލީޓައް ބަލާއިރު އަޅުގަނޑުމެންގެ ޕްރެޒެންސް އެބަހުރި 11 ރަށެއްގައި ދެން މާލެ ހުރީ އެސްޓީއޯ ސުޕާ މާކެޓް އޭގެ އިތުރުން އިންޑަސްޑްރިއަލް ސަރަހައްދުގައި ހުންނަ ފިހާރައަކުން ހޯލް ސޭލް ކުރަން.

ޝިމާދު ވިދާޅުވިއެވެ.

ބައެއް މުދާތަކަކީ ހޯލް ސޭލްކޮށް ދޫނުކުރާ މުދާތައްތައްކަމަށް ވިދާޅުވެ އޭނާ ފާހަގަކުރެއްވީ ކާށީގެ ވާހަކައެވެ. ޑިމާންޑް އޮތް މިންވަރަށާއި އަދި އަގު ކޮންޓްރޯލްކުރުމަށްޓަކައި ގަސްދުކުރަނީ ކާށި ރީޓެއިލް ކުރަންކަމަށާއި، އަދި ފިޔާ އަލުވި ބިސް ހޯލްސޭލްކޮށް ވިއްކާނެ ކަމަށް ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ތެރޭގައި ތަކެތީގެ އަގު ބޮޑުވާ މައްސަލައާއި ގުޅިގެން އަގުތައް ހިފެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: