ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ވެރިންނަށް ފޮނުއްވައިފި

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ އެދުމާއި ތަހުނިޔާ، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރިޔާސަތުގެ ޗެއާމަން ހަރ އެކްސަލެންސީ ޒެލްޖްކާ ކްވިޖަނޮވިޗްއާއި، ކައުންސިލް އޮފް މިނިސްޓަރސްގެ ޗެއަރ، ހަރ އެކްސެލެންސީ ބޮރްޖާނާ ކްރިޝްޓޯއަށް އަދި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ވެރިންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި، ރައީސް ވަނީ، އެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތާއި އުފާފާގަތިކަމާއި، ބޮސްނިއާ އެންޑް ހަރޒެގޯވީނާގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަމަށްވެސް އެދިވަޑައިގެންފައެވެ.

ބޮސްނިއާ އެންޑް ހަރޒެގޯވީނާއިން މިނިވަންކަން އިޢުލާނުކުރީ 1992 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: