ރޯދަަމަހު މާލޭ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފިއެވެ.
މުދާ އުފުލޭނެ ގަޑިތައް ހާމަކޮށް ކުރި އިއުލާނުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވަނީ އެ ނޫން ވަގުތުތަކުގައި މުދާ އުފުލާ ނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެ އުޅަނދެއް 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއް މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް؛ އަދި ރޭގަނޑު 8 އިން ހެނދުނު 6 އަކަށެވެ.
މުދާ އުފުލުން މަނާވާނީ ހެނދުނު 6 އިން 9:30 އަށް؛ އަދި ހަވީރު 4:30 ފެށިގެން ރޭގަނޑު 8 އަށެވެ.
ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން ބަރު އުޅަނދާއި ހުރިހާ ބާވަތެއް މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6 އިން 4:30 އަށް؛ އަދި ރޭގަނޑު 8 އިން ހެނދުނު 6 އަކަށެވެ.
މުދާ އުފުލުން މަނާވާނީ ހަވީރު 4:30 ފެށިގެން ރޭގަނޑު 8 އަށެވެ.

