ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ހުށަހެޅި ހަމަލާ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ހަމާސްއިން އިންކާރުކޮށްފި

ފަލަސްތީނުގެ ރައްޔިތަކު ރަމަޟާން މަހަށް ތައްޔާރުވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތު އިތުރުކުރުމަށް އިސްރާއީލުން ހުށަހެޅުމުން، ހަމާސް ޖަމާއަތުން އެކަމަށް ދެކޮޅު ހަދައިފިއެވެ. މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް އޮތް މުއްދަތު ގާތްވަމުން އަންނައިރު، އިސްރާއީލުގެ ފަރާތުން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ހަމާސްއިން ބުނެފައިވެއެވެ.

ހަމާސްގެ މަންދޫބެއް މީޑިއާތަކަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ، އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ނުފެށި ލަސްވަމުންދަނީ އިސްރާއީލުގެ ސަބަބުން ކަމަށެވެ. ”އިސްރާއީލުން ބޭނުންވަނީ ޣައްޒާގައި ތިބި ގައިދީން ހޯދުމަށާއި އަލުން ހަނގުރާމަ ފެށުމަށް“ ކަމަށް ހަމާސްއިން ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައިގައި ޤަތަރާއި އެމެރިކާއާއެކު އިސްރާއީލުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަން މިސުރުގެ ސަރުކާރުން އާންމުކޮށްފައިވާ މަޢުލޫމާތުން ހާމަވެއެވެ. ނަމަވެސް މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނިކުމެކަން މީޑިއާ ރިޕޯޓުތަކުން ދައްކައެވެ.

އެމެރިކާގެ ފަރާތުން މި މަސައްކަތްތަކާ ހަވާލުވެ ހުރި މަންދޫބު ސްޓީވް ވިޓީކޮފްވެސް ވަނީ ފުރަތަމަ ފިޔަވަހި ދިގުދެމިގެން ދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައެވެ. މި ހާލަތުގައި ސުލްހައިގެ އެއްބަސްވުން ނުރައްކަލަކާ ކުރިމަތިވެދާނެކަމުގެ ބިރު ފާޅުކުރެވެމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: