ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޒާރަށް ލޮނުމެދު ނެރެ، ފިޔާ، އަލުވި، އަދި ބިސް ވިއްކާ އަގަށް ހެޔޮ ބަދަލެއް!

ޕިކަޕެއްގައި ފިޔާ ބަސްތާތަކާއި ބިސް ކޭސްތަކެއް ގެންދަނީ-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ތައްޔާރީތަކުގެ ދަށުން އާންމު ގޭބިސީތަކަށް ބޭނުންވާ ކާބޯތަކެތި ތައްޔާރު ކުރުމުގެ ބައެއް ބާވަތްތައް އެސްޓީއޯއިން ބާޒާރަށް ނެރެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެސްޓީއޯ ބުނި ގޮތުގައި ލޮނުމެދު ބަޒާރަށް ނެރެ ފިޔާ، ބިސް، އަލުވި ވިއްކާ އަގަދަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެސްޓީއޯއިން ރަމަޟާން މަހަށް ހާއްސަކޮށްގެން އިމްޕޯޓު ކުރާ މުދަލުގެ ތެރޭގައި، މައިގަނޑުކޮށް ފިޔާ، ބިސް، އަލުވި ހިމެނެއެވެ.

ރަމަޟާން މަހު މިތަކެތީގެ އިމްޕޯޓު އިތުރު ކުރުމުގެ ބޭނުމެއްކަމަށް އެސްޓީއޯ ބުނެފައި ވަނީ ރޯދަ މަހު މުދަލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމެވެ. އަދި ރަމަޟާން މަހު ކާބޯތަކެތީގެ ޑިމާންޑު އިތުރުވާތީ ތަކެތީގެ އަގު އުފުލިޔަ ނުދީ، ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރުމަށް މަސައްކަތް ކުރާކަމަށް ބުންޏެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މިތަކެތީގެ އަގު ކަނޑައާޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކަށް ބަލައި އެސްޓީއޯއިން މި މުދާތައް ވިއްކާ އަގަށް ވެސް ބަދަލު އަންނާނެކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯ އާންމު ކުރި މައުލޫމާތުގައިވާ ގޮތުން ލޮނުމެދު މިވަގުތު ބަޒާރުގައި ވިއްކުމަށް ހަމަޖެހިފައި ވަނީ ކިލޯއެއް 45 ރުފިޔާގެ ރޭޓުންނެވެ. އަދި ލޮނުމެދު އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލިބެން ހުންނާނެއެވެ.

ފިޔާ، އަލުވި، އަދި ބިސް ވިއްކާއަގަށް ބަދަލުގެނައުން:

މިއީ އެސްޓީއޯއިން ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން ފިޔާ، ބިސް، އަދި އަލުވި ބާޒާރަށް ނެރެންފެށިފަހުން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އަގަށް ބަދަލު ގެންނަ 4 ވަަނަ ފަހަރެވެ.

ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ

ބިސް: ކޭހެއް 350 އަށް، ވަކިން 2 ރުފިޔާ

އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރިފިޔާއަށް

ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ.

އެއީ:

އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާތަކެތި:  ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 44%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: