ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރު 57 ފަރާތަކާއި އެކު އިއުތިރާފުގެ އެއްބަސްވުން އެކުލަވާލި!

ޕީޖީ އޮފީހުގެ ރިސެޕްޝަންގައި މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ކުށުގެ ތުހުމަތު ކުރެވުނު 57 ފަރާތަކާއި އެކު އިއުތިރާފުގެ އެއްބަސްވުން އެކުލަވާލާފައިވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ ރިޕޯޓުގައި ވަނީ މައްސަލަތަކުގައި ދައުވާކޮށްފައިވާ ގޮތާއި، ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކުގެ މައުލޫމާތުތަކާއި އޭގެ ތަފްސީލު ހިމަނާފަ އެވެ.

އެގޮތުން މައްސަލަތަކުގައި އިއުތިރާފުގެ އެއްބަސްވުންތައް އެކުލަވާލާފައިވާ ގޮތާއި ގުޅޭ މައުލޫމާތު ރިޕޯޓުގައި ހިމަނާފައިވެއެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތް ދިނުމަށް ފަހު ދައުވާ ނުކޮށް ދޫކޮށްލުމަށް ޝަރުތު ހަމަވާ މީހެއްކަމަށް ނުވާ ހާލަތުގައި އޮންނަ އިހުތިޔާރެކެވެ. އެގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ދައުވާ ، އޭނާ ކުށަށް އޭނާގެ އަދަބު ލުއިކޮށްދިނުމަށް، އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލެވިދާނެއެވެ.

ނުވަތަ އޭނާގެ މައްޗަށް ކޮށްފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެންނަ ހާލަތުގައ، އޭނާގެ އަދަބު ލުއިކޮށްދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، އެ އޮފީހަށް ލިބުނު 161 ފޯމެއް ދިރާސާކޮށް 57 ފަރާތަކާއި އެކު އިއުތިރާފުގެ އެއްބަސްވުން ހެދިއެވެ. އަދި 34 ފަރާތަކާއި އެކު ވުމަށް ނިންމި އިއުތިރާފުގެ އެއްބަސްވުން އެކި ސަބަބުތަކާއި ހުރެ ކުރިޔަށް ގެންދެވިފައި ނުވެއެވެ.

މީގެއިތުރުން ޕީޖީ އޮފީހުން ބުނެފައި ވަނީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ކަންކަން އަލުން ތަރުތީބުކޮށްފައިވާ ގޮތަށް ބަލައި ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުޙަލާގައި ނަސޭޙަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުންތައް ހެދުމާބެހޭ ކަންކަން ތަރުތީބުކުރުމުގެ ގޮތުން ޕްލީ ބާގެއިން ޔުނިޓްގެ މަސައްކަތް ފަށާފައިވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: