ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުުވެރިންގެ އަދަދުތައް 6.5 އިންސައްތަ އިތުރު

ރާއްޖެއަށް އަންނަ ފަތުރުވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް 6.5 އިންސައްތަ އިތުރުވެފައިވާކަން ފަތުރުވެރިކަމާއި ބޭހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ ފެބްރުއަރީ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނާއި ގުޅުންހުރި މައުލޫމާތުތައް ދެއްވާފައެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުން ނިމިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް 25073 ފަތުރުވެރިން އިތުރަށް އައިސްފައިވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހާއި ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރުވެސް 1.3 އިންސައްތަ އިތުރުކަން ހިސާބުތަކުން ފެނިގެންދާއިރު މިހާތަނަށް ޖުމުލަކޮށް 411،290 ފަތުރުވެރިން އައިސްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

ފެބްރުއަރީ 26 ގެ ނިޔަލަށް ރިސޯޓުތަކަށް 283،847 ފަތުރުވެރިން އައިރު ގެސްޓްހައުސްތަކަށް އައިސްފައިވަނީ 106،053 ފަތުރުވެރިންނެވެ.

މިވަގުތު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ މާކެޓުންނެވެ. އެގޮތުން 13.9 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ އެ މާކެޓުންނެވެ. ދެވަނައިގައި އޮތީ ރަޝިއާއެވެ. ތިންވަނައިގައި އޮތީ ޔޫކޭ މާކެޓުކަމަށްވާއިރު ހަތަރުވަނައިގައި އޮތީ އިޓަލީ މާކެޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: