ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ: ފަހުމީ

ސްޓެލްކޯގެ އެމްޑީ ފަހުމީ: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ދެއްވައިފިއެވެ. 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއްގެ ހައިސިއްޔަތުން، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަކީ ކުންފުނީގެ އެންމެ އިސް އަމާޒެއް ކަމުގައި ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް ދެ ބިލެއް ފޮނުވާ މައްސަލައަކީ މީޑިއާ މެދުވެރިކޮށް މީގެ ކުރިންވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މަޝްވަރާކުރެވިފައިވާ ކަމެކެވެ. ”މިއީ ހަމައެކަނި ކަސްޓަމަރުންގެ ފައިދާއަށްޓަކައި ނިންމި ނިންމުމެއް، އެއް ޔޫސޭޖަކަށް ކުރާ ބިލެއްވެސް ނޫން“ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ބިލިންގ ސައިކަލްގެ ބެކްލޮގް ފިލުވުމަށް އަޅާ ފިޔަވަޅު

ބިލްތަކުގެ ރީޑިންގ ނެގި ތާރީޚުތައް ބިލުން ފެންނަން ހުންނާނެ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. މިހާރު ފޮނުވާފައިވާ ބިލަކީ ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެކެވެ. ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި ބިލް ދެއްކުމަށް ޖޫރިމަނާ ނާރާގޮތަށް 30 ދުވަހުގެ މުހުލަތެއް ދެވިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ރޯދަމަހުގެ ޑިސްކައުންޓް

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، މި ބިލް ފޮނުވުމުގެ އަނެއް މުހިންމު މަޤްޞަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަމަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް ފުރިހަމައަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. މި ގޮތަށް ނުހަދާނަމަ، ޑިސްކައުންޓް ލިބޭނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް އެކަނި ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: