ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޅުމުގައި ކުރަމުންދާ މަސައްކަތް ނިންމާލުމަކީ މަޖިލީހުގެ މަސައްކަތްތައް ނިމުމެއް ނޫން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރަމުންދާ މަސައްކަތް ނިންމާލުމަކީ މަޖިލީހުގެ މަސައްކަތްތައް އެ ދުވަހަކަށް ނިމުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ވަރަށް މަދު ވަގުތުކޮޅަކަށްކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުވެސް 5 ކޮމިޓީގެ މަސައްކަތް ހިނގަމުންދާނެ ކަމަށެވެ.

”މަޖިލީހުގެ މަސައްކަތްތަކަކީ ހަމައެކަނި ތަޅުމުގައި ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫން،“ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރަމުން ގެންދަނީ މަޖިލީހުގެ ކޮމިޓީތަކުގައެވެ. އަދި މިކަން ރައްޔިތުން ވިސްނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގެ މަސައްކަތްތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ވަކިވަކިން ކުރިއަށްދާއިރު، މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަން މަޖިލީހުގެ ރައީސްގެ މި ބަސްކޮޅުން ސާފުވެގެން ދެއެވެ.

ފަސް ކޮމިޓީތަކުގެ މަސައްކަތް ހިނގަމުންދާއިރު ކޮމިޓީތަކަށް ބަރާބަރަށް މެމްބަރުން ތިބޭ ކަމަށްވަންޏާ 55 މެމްބަރުން އެ ކޮމިޓީތަކުގެ މަސައްކަތްތަކުގައި އުޅޭނެ.

ތަޅުމުގެ މަސައްކަތް އަވަހަށް ނިމުމަކީ މެމްބަރުންނަށް ކޮމިޓީތަކުގައި މަސައްކަތް ކުރުމަށް އިތުރު ވަގުތު ލިބިގެންދާނެކަމެއްކަމަށްވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ތެރޭގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ލިބޭނީ ވަރަށް މަދު ވަގުތުކޮޅެއްކަމަށް ފާހަގަކޮށް، ރަމަޟާން މަހަށް މަޖިލީސް ބަންދުކުރުމަށް ޕީއެންސީއިން މަޖިލީހުގެ ގަވާއިދަށް އިސްލާޙު ހުށައެޅުއްވިއެވެ، ނަމަވެސް ފަހުން އެ އިސްލާހު އަބުރާ ގެންދިޔައީއެވެ.

އިސްލާހު އަނބުރާ ގެންދިޔައިރު، މިކަމާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން ސަރުކާރު ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުންވެސް ރަމަޟާން މަހުގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދާކަމަށް ފާޙަގަކުރިއެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދަންވީ ސަބަބެއް ނެތްކަމަށް ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: