ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށުމަކީ ރަނގަޅަކަށް ދިމާވި ކަމެއް: އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށުމަކީ ރަނގަޅަށްވީކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، މި ދަނޑިވަޅުގައި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މިނިވަން މުއައްސަސާއަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލަމުން ދިއުމަކީ ރަނގަޅަށް ހިނގި ކަމެއް ކަމަށާއި، މާ ފަހުން އެ ފަނޑިޔާރުންނަކީ ޖިނާއީ ކަމެއް ސާބިތުވާ ބައެއްކަމަށްވެއްޖެނަމަ ދިވެހި ރައްޔިތުންގެ އެތައް ޙައްޤެއް އެހާތަނަށް ގެއްލިގެންދާނެކަމަށެވެ.

ކިހާ ރަނގަޅުތޯ މި ދަނޑިވަޅުގައި ތިކަން ވީކަން، އޭސީސީއަކީ މިނިވަން މުއައްސަސާއެއް، ކަން ދިމާކުރިގޮތުން މި ދަނޑިވަޅަށް އެކަން އައުން އަޅުގަނޑު ދަންނަވާނީ މިއީ ރަނގަޅަށްވީ ކަމެކޭ

މެމްބަރު އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަދަ ބޭފުޅުންގެ މައްޗަށް ތުހުމަތުތަކެއް އަންނާނީވެސް ވަރަށް ބޮޑެތި ބެލުންތަކެއް ބެލުމަށްފަހު ކަމަށާއި، ފަނޑިޔާރުންނަކީ އިމްތިޔާޒުތަކާއި ޤާނޫނީ އެތައް ހިމާޔަތްތަކެއް ލިބިފައިވާ ބައެއް ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭނަމަ އެކަމަށް ވަރަށް ސަމާލުވާން ޖެހޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ކޮމްޕޮޒިޝަން ބަދަލު ކުރެއްވުމަށް މީގެ ކުރިންވެސް ވަކާލާތު ކުރައްވާފައިވާ ބައެއްކަމަށެވެ.

މެމްބަރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަންވާނީ އިސްލާމް ދީނުގެ މަސްދަރުތައް ޤަބޫލު ކުރައްވާ، އަދި އެއަށް އަމަލު ކުރައްވާ ބައެއް ކަމަށާއި، ނަމަވެސް މިހާރު ތިއްބެވި ބޭފުޅުންގެ ތެރޭގައި ޤުރުއާންގައި ހިމެނޭ ޤިސާސް ހިފުން ފަދަ ހައްދުތައް އަމިއްލަފުޅަށް ޤަބޫލު ނުކުރައްވާކަމުގެ ތުހުމަތުތައް ކުރެވޭ ފަނޑިޔާރުންވެސް އެބަތިބި ކަމަށެވެ.

އެފަދަ ތުހުމަތެއް ކުރެވޭ ފަނޑިޔާރަކު ސުޕްރީމް ކޯޓުގައި ހިމެނޭނަމަ އެއީވެސް ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސަސްޕެންޑުކޮށްފައިވާއިރު އެ ފަނޑިޔާރުން ސަސްޕެންޑު ކޮށްފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ ގުޅުވައިކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ވަކިން ޚާއްސަކޮށް، ގޮނޑިގެއްލޭ މައްސަލައިގެ ވަގުތީ އަމުރެއް ނެރެދިނުމާ ގުޅޭ އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް 3 ފަނޑިޔާރުން ސަސްޕެންޑު ކުރުމާއި، އޭހެ މާފަހުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ކުއްލި ގޮތަކަށް ޖޭއެސްސީން ބަލަން ފެށުމާއެކު އެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައެވެ.

އޭގެ ފަހުން އަންގާރަ ދުވަހުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަޤާމުން އިސްތިއުފާވެސް ދެއްވާފައެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީފުޅެއްގައި ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކައި، އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

ފަނޑިޔާރު ސުއޫދުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ”ގޮނޑިގެއްލޭ އިސްލާޙުގެ މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއްކަމަށް ނިންމުމާއެކު، މި ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވާލުމަށް“ ވަނީ މަސައްކަތް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: