ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން ސަސްޕެންޑުކުރުމުން ސަރުކާރުންވަނީ ގާނޫނުއަސާސީއާއި ހިލާފުވެފައި: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން، ސަރުކާރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ޝަމްހީދު އަލިއަޅުވާލެއްވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށެވެ. އ ޑރ ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގައި އެ ޕާޓީއަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި، އެހެން ފަރާތެއްގެ އަތުގައި މެޖޯރިޓީ އޮތުން ހިމެނެއެވެ. އަދި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުމުގައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އަންގާފައިވާ އެންގުމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މެންބަރު ޝަމްހީދު ހާމަކުރެއްވި ގޮތުގައި، ބައެއް ވަޒީރުން ކޮމިޓީތަކަށް ހާޒިރުކުރުމަށް އަމިއްލަފުޅަށް މަސައްކަތް ކުރެއްވި ނަމަވެސް، ޕީ.އެން.ސީގެ މެންބަރުންގެ ފަރާތުން އެކަމަށް ހުރަސްއެޅިގެން ދިޔައެވެ. އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޤާނޫނުއަސާސީގައި ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށް ބަޔާންކޮށްފައިވާ މާއްދާއާ ސަރުކާރުން ޚިލާފުވެފައިވުމެވެ. މިއީ ޤާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރަންޖެހޭ ހާލަތެއްކަމަށާއި، ޤާނޫނުއަސާސީއަށް އިޙްތިރާމް ނުކުރާހާ ހިނދަކު ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމު ކުރިއަރައިގެން ނުދާނެކަމަށް ޑރ ޝަމްހީދު ފާހަގަކުރެއްވިއެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވުމުން، ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާކަން ސާފުކޮށް ފެންނަން އޮތްކަމަށާއި، އެހެންކަމުން މިހާރު ކުރެވެމުންދަނީ ޤާނޫނީ ވެރިކަމެއްކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ. ސުޕްރީމް ކޯޓު މިނިވަންކަމާއެކު މަސައްކަތްކުރަންޖެހޭ ނަމަވެސް، މިހާރު އެ ކޯޓުގައި ބައެއް މައްސަލަތައް ނުބެލޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މެންބަރެއްގެ މަޤާމު ގެއްލިއްޖެކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަވެސް ހިމެނޭކަމަށާއި، އެފަދަ މައްސަލަތައް ބެލުމަށް ފުލް ބެންޗެއް އޮތުން ލާޒިމުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނީ ވެރިކަމެއްގައި ޤާނޫނުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރެވެންޖެހެއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ފުލް ބެންޗެއް ނެތުމުގެ ސަބަބުން، ދައުލަތުގެ މުހިންމު މަސައްކަތްތައް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރުމަށް ލިބިފައިވާ ފުރުސަތުތަކަށް ބަލާއިރު، އެކަން އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަށްވެސް އެކަށީގެންވާ ޖާގަ ލިބެމުންދާކަމަށް ޑރ ޝަމްހީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: