ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު 8.8 އިންސައްތަ އިތުރުވި ނަމަވެސް އިންޑިއާ ފަތުރުވެރިންގެ އަދަދު 22.2 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
މިކަން ހާމަވީ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 59،938 ފަތުރުވެރިން އަދި އިންޑިއާއިން ޒިޔާރާތްކޮށްފައިވަނީ 21،335 ފަތުރުވެރިންނެވެ
މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ޒިޔާރަތްކުރީ 55،087 ފަތުރުވެރިންނެވެ. އިންޑިއާއިން މި މުއްދަތުގައި 27،449 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޗައިނާއަށްފަހު ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ، ރަޝިޔާއިންނެވެ. އެއީ 45،073 ފަތުރުވެރިންނެވެ. ލިސްޓުގެ 4 ވަނަގައި އޮތީ އިނގިރޭސިވިލާތެވެ. 5 ވަނައިގައި އޮތީ އިޓަލީއެވެ
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 795 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީ އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.

