ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު އަދި ހުޅުމާލެ ފެރީޓާމިނަލް ސަރަހައްދުގެ ފަޅުބޭނުންކުރަން ހުޅުވާލައިފި

އެމްޓީސީސީ ޓަވަރ / ދަ ޓައިމްސް އޮފް އައްޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެރީ އޮޕަރޭޓުކުރާ ފަރާތްތަކުގެ މަސައްކަތްތަކަށް ފަހިކުރުމުގެ ގޮތުން ހެންވޭތު ފެރީޓާމިނަލް އަދި ހުޅުމާލެ ފެރީޓާމިނަލްގެ ފަޅު ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

ލަފާ ފުރުމުގެ ތެރެއިން އާންމުނަށް ވާރޭގައި ޖެހުމާއި އަވީގައި ޖެހި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުގެ ދަތިކަން ކުރިމަތިވެފައިވާއިރު ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އެކަމަށް ހައްލުތަކެއް ގެނައުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް އެމްޓީސީސީގައި އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ ހާއްސަ އެދިވަޑައިގަތުމަށް އިޖާބަ ދިނުމުގެ ގޮތުން އެމްޓީސީސީންވަނީ ރަށްތަކުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގެ ދެމެދު ލޯންޗު ފެރީގެ ހިދުމަތްދޭ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ކަނޑައަޅާފައިވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން އެމްޓީސީސީގެ އީމެއިލް ( tsd@mtcc.com.mv) މެދުވެރިކޮށް ޝައުޤުވެރިކަން ފާޅުކުރެއްވުމަށް އެދިފައިވާއިރު އިތުރު މައުލޫމާތު ހޯއްދެވުމުގެ ގޮތުން 7978865 މި ނަންބަރަށް ގުޅުއްވޭނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: