ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރާމާތުތަކަށްފަހު ރަސްފަންނު ވަގުތީގޮތުން ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ވީރާނާވެފައިވާ ރަސްފަންނު މަރާމާތު ކުރުމަށްފަހު ވަގުތީގޮތުން އާއްމުންނަށް ހުޅުވާލައިފިއެވެ.

މާލޭގެ ރަސްފަންނު މީގެކުރިން ވަނީ ވަރަށްބޮޑަށް ވީރާނާވެ ހަލާކުވެފައެވެ. އަދި އެތަނުގެ މަރާމާތުގެ އެއްވެސް މަސައްކަތެއް މީގެކުރިން ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އާއިލާއާއިއެކު އެސަރަހައްދަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން ވަނީ އެ ސަރަހައްދު އެއްކޮށް ވިރާނާވެ ހަލާކުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު އެ ޒިޔާރަތައްފަހު މިދިޔަ މަހު 14 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެތަނުގެ ހާލަތާއިމެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން އިސްނަގައިގެން އެ ސަރަހައްދު އަލުން މަރާމާތު ކުރުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

އެސަރަހައްދު މަރާމާތު ކުރުމަށް ބަންދު ކުރުމަށްފަހު އަލުން ވަގުތީގޮތުން ވަނީ އެސަހަރައްދު އާއްމުންނަށް ހުޅުވާލައިފައެވެ. ރައީސް މުއިއްޒު އެސަރަހައްދަށް ވަޑައިގެންނެވިއިރު ރައީސް އާއިއެކު ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިހާތަނަށް ސަރުކާރުން ރަސްފަންނުގައި ކޮށްފައިވާ މަސައްކަތްތައް:

  • ބީޗުގެ ގިރައިގެން ގޮސްފައިވާ ސަރަހައްދަށް ވެލިއަޅައި އެއްވަރުކުރުން
  • މޫދަށް ފައިބާ ސަރަހައްދަށް ޖަމާވާ ޗަކަ ނެގުން
  • ފެންވަރާ ތަންތަން މަރާމާތު ކުރުން
  • ހަލާކުވެފައިވާ ހަޓުތައް މަރާމާތު ކުރުން
  • ޖޯލިތައް މަރާމާތު ކުރުން
  • ބާބަކިޔު ސްޓޭންޑުތައް މަރާމާތު ކުރުން

ރަސްފަންނު އެއްކޮށް ތަރައްގީ ކުރެވިގެން ދާއިރު އެސަރަހައްދުގައި ހުރި ހުރިހާ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: