ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްފަންނާއި ސަލްޓަންޕާކުވެސް ތަރައްގީކުރާނަން: މުއްތަލިބު

ވަގުތީގޮތުން ރަސްފަންނު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަސްފަންނު އަދި ސަލްޓަންޕާކުވެސް ދާއިމީ ގޮތެއްގައި ތަރައްގީކުރުމުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަގުތީގޮތުން ރަސްފަންނު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ވަގުތީގޮތުން އާންމުންނަށް ފަސޭހަކުރުމަށްޓަކައި ކުރި މަސައްކަތްތައް ނިންމަވާލެއްވުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ރަސްފަންނަށް ވަޑައިގެން އެތަނުގައި ކުރެވިފައިވާ މަސައްކަތްތައް ބައްލަވާފައިކަމަށެވެ. އަދި އެތަން މިނިސްޓްރީއާއި ހަވާލުކުރީ އެދުމުގެ މަތިން ރޯދަމަހަށް ހަފްތާއަކަށް ވެފައިވަނިކޮށްކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ،  އެތަނަކީ އާންމުން ބޭނުންކުރާ ތަނަކަށްވުމުން މިނިސްޓްރީން ބެލީ މިވަގުތަށް ހުރި ދަތިތައް ފިލުވުމަށްފަހު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެެވ. އެގޮތުން ވަރަށް ބޮޑަށް ޗަކަ ހެދިފައިވާ ތަނެއް މިހާރުވާނީ އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު ސާފުކޮށްފައިކަމަށާއި ބީޗުގެ ބައެއް ގިރައިގެން ގޮސްފައިވާކަމަށްވުމުން އެޗްޑީސީގެ އެހީތެރިކަމާއިއެކު ވެލި ހޯދައިގެން އެމްޓީސީސީ މެދުވެރިކޮށް އަލުން ވެލި އަޅައި އެއްވަރުކުރުމުގެ މަސައްކަތްތައް ކުރެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ.

މުއްތަލިބު ވިދާޅުވީ، ހަޓުތަކުގެ ރޫފިންގް އަދި މޭޒުތައްވެސް ވަރަށް ބޮޑަށް ހަލާކުވެފައިހުރިކަމަށެވެ. އެންކަމުން ވެމްކޯއާއި އާރްޑީސީގެ އެހީތެރިކަން ހޯދައިގެން އެތަންތަންވެސް ރަނގަޅުކުރެވިފައިވާކަމަށެވެ. އަދި ޝަވަރުތައްވެސް ހަލާކުވެފައިހުރުމުން އެމްޑަބްލިއެސްސީގެ އެހީތެރިކަމާއިއެކު އެތަންތަންވެސް ރަނގަޅުކުރެވިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރަސްފަންނަކީ އާންމު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންކުރާ ތަނަކަށްވުމުން ސަރުކާރުގެ އެސްއޯއީތައް ބޭނުންކޮށްގެން ހަފްތާއެއްގެ ތެރޭގައި ދަތިތައް ހައްލުކުރެވިފައިވާކަމަށާއި ދެން މަސައްކަތްކުރަމުންދާނީ ދާއިމީ ގޮތެއްގައި ތަރައްގީތައް ގެނައުމަށްކަމަށާއި އެކަމަށް އިތުރު ޕްލޭންތަކެއް ހެދިގެންދާނެކަމަށެވެ. މުއްތަލިބު ވިދާޅުވީ، މިވަގުތު ރަސްފަންނަށް ވަޑައިގަންނަވާ ފަރާތްތަކުން ބޭނުންކުރާ ފާހަނަބަރިއެއް ނެތްކަމަށާއި އެހެންކަމުން އެ މަސައްކަތްތަކުގެ އިތުރުން މުނިފޫހިފިލުވުމަށްޓަކައި ކުރެވިދާނެ އިތުރު ކަންތައްތަކެއް ހިމެނޭ ގޮތަށް ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.

އިތުރު ތަރައްގީތައް ގެނައުމަށް ކަނޑައެޅިފައިވާ ތަންތަނުގެ ތެރޭގައި ފިޝިންގް ޕްލެޓްފޯމް ހިމެނޭއިރު އެތަން ތަރައްގީކުރުމުގައި މަސްވެރިންނަށް ލުއިތައް ލިބިގެންދާނެ ގޮތަކަށް ރިއާޔަތްކުރުމުގެ ވިސްނުން ގެންގުޅުއްވާކަންވެސް ހާމަކުރެއްވިއެވެ. އަދި ޖޯލިފަތިތައް އިތުރުކުރުމާއި ލުއިބުއިންތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ސަލްޓަން ޕާކުގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ. އެގޮތުން އެތަނުގައިވެސް މިވަގުތު ކުރެވެން ހުރިކަންކަން ބެލުމަށްފަހު އެކަންކަން ފަށައިގަންނާނެކަމަށާއި ދާއިމީ ގޮތެއްގައި އެތަން ތަރައްގީކުރުމަށްޓަކައި ޕްލޭންކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށެވެ. އަދި މި މަސް ނިމިގެންދާއިރު އެކަން ނިމި ސަލްޓަންޕާކުގެ މަސައްކަތްތައްވެސް ފެށިގެންދިއުމަށް އުންމީދުކުރައްވާކަން ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: