ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނު ހެދުމުގެ ހިދުމަތް ދެން ދޭނީ މިނިސްޓްރީއިން

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. މިގޮތުން 6 މާރިޗު 2025 އިން ފެށިގެން ލައިސަންސްގެ ތިއަރީ އިމްތިޙާނު ހެދުމުގެ ހިދުމަތްތައް ދެމުންދާނީ މިނިސްޓްރީގެ ފަރާތުންނެވެ.

މިހާތަނަށް މި އިމްތިޙާނު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިޓެކްނިކުން ނަމަވެސް، މިހާރު މި ޚިދުމަތް ފޯރުކޮށްދޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުންނެވެ. މި ބަދަލާއެކު، އިމްތިޙާނު ހެދުމުގެ އިންތިޒާމުތަކާއި ކަމާގުޅޭ އެހެނިހެން ކަންކަން ބަލަހައްޓާނީ ސީދާ މިނިސްޓްރީންނެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގެ ރައްޔިތުން މި ޚިދުމަތަށް އެދެންވާނީ ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަން ހުށަހަޅާއިރު، ތިއަރީ އިމްތިޙާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިޚްތިޔާރު ކުރަންޖެހޭނެއެވެ.

އަތޮޅުތަކުގައި ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފުޅާކުރުން

ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަތޮޅުތެރޭގެ 10 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ފެށުމަށް ހުއްދަ ދީފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކެއް ބޭއްވިފައިވެއެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިހާރު ލައިސަންސް ދޫކުރަމުންދާ ސެންޓަރުތައް މޮނިޓަރކުރުމުގެ މަސައްކަތްވެސް ފަށާފައިވެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ލައިސަންސް ދޫކުރުމުގައި ގެންގުޅޭ މިންގަނޑުތައް ހިފެހެއްޓުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: