ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ލިސްޓު އާންމު ކުރުމުން ރައްޔިތުންގެ ދިގު އިންތިޒާރަށް އައީ ނިމުމެއް، ޝަކުވާއެއް އޮތް ނަމަ ބަލާނެ: އިބްރާހިމް

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާންމު ކުރި ގެދޮރުވެރިޔާ ސްކީމްގެ އައު ލިސްޓާއި އެކު ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުމެއް އައިސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގައި ބޮޑެތި އޮޅުވާލުންތަކެއްވާކަމަށް ގިނަ ތުހުމަތުތައް ކުރެވެ އެވެ. އެގޮތުން މާލޭގައި 15 އަހަރު ދިރިއުޅެފައިވާކަމަށް ދެއްކުމަށްޓަކައި ސައްހަ ނޫން ލިޔެކިއުންތައް ހުށަހެޅުމާއި އެކު، ސިޔާސީ ގޮތުން ނުފޫޒު ބޭނުންކޮށްގެން ބައެއް ފްލެޓުތައް ދޫކުރުން ހިމެނެ އެވެ.

ފްލެޓު ލިބޭ ރައްޔިތުންގެ ނަން އާންމުކޮށް ގެޒެޓު ކުރި ލިސްޓެއް އޮތް ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލައިގެ ތަހުގީގުތައް ކުރުމަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުން ޝަރުތު ހަމަ ނުވެ 60 އިންސައްތަ މީހުންނަށް ފްލެޓު ލިބިފައި ވެއެވެ.

މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން އައު ލިސްޓެއް އާންމު ކުރިއިރު، ކުރިން ލިސްޓުގައި ނަތް އޮތް ގިނަ މީހުންގެ ނަން ނެތެވެ. އަދި އަނެއްކާވެސް ބޭއިންސާފުން ލިސްޓުން އާންމު ކުރިކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ.

އަލަށް އާންމު ކުރި ލިސްޓާއި އެކު މައްސަލަ ހައްލު ވާނެތޯ ނުވަތަ އުފެދުނީ އިތުރު ޝަކުވާތަކެއްތޯ ސުވާލު ކުރުމުން އިބްރާހިމް ވިދާޅުވީ މިއީ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެން ގޮސްފައިވާކަމަށް ވިދާޅުވި އެވެ.

ރަނގަޅު ހައްލެއް ލިބިގެން އެދިޔައީ.. ހަނދުމަފު ބަހައްޓަވާތި ފްލެޓުގެ ޕޮލިސިޓީތަކާއި ނުވަތަ މާކްސް ދޭ ޝީޓަކީ އެމްޑީޕީގަ ނުވަތަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލާފައި އޮތް ގައިޑްލައިންތަކެއް ގަވައިދުތަކެއް.. އެމްޑީޕީގެ ސަރުކާރުގައި ހުށަހެޅި ބަޔަކު މިއޮތީ ހުށަހަޅާފައި.. މިއީ ވަރަށް މުހިންމު ނުކުތާއެއް..

އިބްރާހިމް ވިދާޅުވީ ކުރީ ސަރުކާރުގެ މި ސްކީމްގެ ޝަރުތާއި، ފްލެޓަށް ކުރިމަތިލާން ޖެހޭ ގޮތް ކަނޑައެޅީ އެމްޑީޕީކަމަށެވެ. އަދި ދޫކުރަން ހަމަޖެހިފައި އޮތް 4،000 ފްލެޓަށް 14،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލުމުން ގިނަ ބަޔަކަށް ފްލެޓު ނުލިބިދާނެކަން އެއީ އެނގެން އޮތް ހަގީގަތްކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މި ސަރުކާރުން ވެސް ލިސްޓު އެކުލަވާލީ، އެ ޕޮލިސީގެ ތެރެއިން ފްލެޓު ލިބެން ޝަރުތު ހަމަވާ މީހުންކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މީގެއިތުރުން އިބްރާހިމް ވަނީ ހަޔަރ އެޑިއުކޭޝަން މިސްޓަރ ޑރ. އަލީ ހައިދަރު ފްލެޓަށް ޝަރުތު ހަމަވާކަމަށް އޮތް މައްސަލައަށް ވާހަކަ ދައްކަވާފަ އެވެ. އިބްރާހިމް ވިދާޅުވި ގޮތުގައި އޭނާގެ ދައިރާއަށް ނިސްބަތްވާ ހައިދަރަށް ފްލެޓު ލިބެން ޝަރުތު ހަމަވާކަމަށް އެންމެ ފުރަތަމަ ކަނޑައެޅީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި ހައިދަރަށް ފްލެޓު ލިބުމުން އެކަމުގައި އޮތް ގޯހަކީ ކޮބައިތޯ ސުވާލު އުފައްދަވައި ވިދާޅުވީ މިނިސްޓަރުކަމަށް ފަހު ހައިދަރު ވެސް އެނބުރި ވަޑައިގަންނަވާނީ އާންމު ދިރިއުޅުމަށް ކަމަށެވެ. އަދި މާލޭގެ ރައްޔިތަކަށްވެ ހުރެ ފްލެޓަށް ކުރިމަތިލެއްވި އިރު ހާލަތު ތަފާތުވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: