ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންނާއި ގުޅޭ އެންމެ ގިނަ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅު އެޅީ އެމްޑީޕީ ސަރުކާރުގައި!

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ފުލް ބެންޗު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުން ޝަރީއަތުގައި ދެއްކެވި ވާހަކައާއި ގުޅުވައި، ނުވަތަ ނިންމާ ނިންމުމެއްގެ މައްޗަށް ސުލޫކީ މައްސަލަތައް އުފަން ކުރީ ކޮން ވެރިކަމެއްގައިކަން ރައްޔިތުންނަށް ސާފުވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ހަފްތާގައި ސަސްޕެންޑުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމި އަމުރު ނެރެން ކުޑަތަންވެފައި ވަނިކޮށެވެ. އަދި އެއާއި އެކު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ނިންމައި، ދެ ފަނޑިޔާރަކު ވަކި ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހަމަ އެ ދުވަހު ފާސްކުރި އެވެ.

ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު ދެން ސަސްޕެންޝަނުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މިއީ ފަނޑިޔާރުންނަށް ބިރު ދެއްކުންކަމަށް ބުނެ އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި އުޝާމް މިއަދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ 2019 އިން ފެށިގެން މިއަދާއި ހަމައަށް ޖޭއެސްސީގެ ނިންމުންތަކަށް ބަލާއިރު ނުފޫޒެއް އޮތީ ކޮން ދުވަސްވަރެއްގައިކަން ސާފުވާކަމަށެވެ. އުޝާމް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ދެކެވޭ ވާހަކައަކުން، ނުވަތަ ފަނޑިޔާރެއްގެ ރައުޔުއެއްގެ ސަބަބުން ސުލޫކީ މައްސަލަތައް ނަންގަވަމުން އައީ ކުރީ ސަރުކާރުން ކަމަށެވެ. އަދި ފަނޑިޔާރުންނަނާއި މެދު އެއްވެސް އަސްލެއް ނެތް ގޮތަކަށް ބަލަމުން އައި އެފަދަ މައްސަލަތައް ނިމުމަކަށް އައީ 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއި އެކުކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވަނީ ނޮވެމްބަރު 2018 އިން ފެށިގެން ނޮވެމްބަރު 2023 ގެ ނިޔަލަށް ފަނޑިޔާރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތަކުގެ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި 8 ފަނޑިޔާރަކު މަގާމުން ވަކިކުރިއިރު ސަސްޕެންޑު ކުރި ފަނޑިޔާރުންގެ އަދަދަކީ 12 އެވެ.

މީގެއިތުރުން 3 ފަނޑިޔާރަކު މަގާމު ދަށްކޮށް، ސުލޫކީ މައްސަލަތައް ބަލައި އެ މައްސަލަ ސާބިތުވާކަމަށް ކަނޑައެޅި ފަނޑިޔާރުންގެ އަދަދު 33 އަށް އަރާކަމަށް އެ ރިޕޯޓުން ދައްކަ އެވެ.

މިއާއި އެކު އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި 56 ފަނޑިޔާރެއްގެ މައްސަލަ ބަލައި ތަފާތު އެކި ފިޔަވަޅު އަޅާފައި ވެއެވެ.

މި ސަރުކާރުގައި ފަނޑިޔާރުންނަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުތަކުގައިވާ ގޮތުން މިހާތަނަށް ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އެކަންޏެވެ. އަދި ސުލޫކީ މައްސަލަތައް ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެ ނަސޭހަތް ދޭން ނިންމިއިރު ޖުމްލަ ފިޔަވަޅުގެ އަދަދަކީ 05 އެވެ.

މި ސަރުކާރުގައި މިހާތަނަށް އެއްވެސް ފަނޑިޔާރެއްގެ މަގާމުން ދަށްކޮފައި ނުވެއެވެ. އަދި އެއްވެސް ފަނޑިޔާރަކު މަގާމުން ވަކިކޮށްފައި ވެސް ނުވެއެވެ.

އެމްޑީޕީގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ދެކޮޅަށް ފާޅުގައި ނިކުމެ، ފަނޑިޔާރުންނަށް ވަރަށް ބޮޑެތި ތުހުމަތުތައްކޮށްފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ޖޭއެސްސީއަށް ހުށަހެޅުމަށް ވެސް މިދިޔަ ދައުރުގައި ފާސްކުރިއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހަށް އަރައިގަންނަކަމަށް ބުނެ އިންޒާރު ދިނުމަށް ވެސް ހުށަހެޅިއެވެ.

މަޖިލީހުގައި ކުރި ބަހުސްތަކުގައި މެމްބަރުން ވަނީ ސުޕްރީމް ކޯޓަކީ ސިޔާސީ ޖަގަހައެއްކަމަށް ސިފަކޮށް، ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ވަކި ކުރުމަށް ވެސް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ، ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި ދެކޮޅަށް ކޮމިޓީ ބައްދަލުވުންތައް ބާއްވައި ކޯޓު އަމުރުތަކާއި ހުކުމްތައް ރިވިއު ކުރަން ޖެހޭކަމަށް ވެސް ބުނެފައި ވެއެވެ. އަދި ބައެއް ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތައް ޖޭއެސްސީ ވަނީ ޓީވީތަކުން ލައިވްކޮށް ވެސް ގެނެސްދީފަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: