ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ މަގުތަކުގައި ހުންނަ ގަސްތަށް ކެންޑުމާއި ގުޅިގެން ނަޝީދުގެ ނުރުހުމުގެ ބަސްތަަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުން ގަސްތައް ކެނޑަމުންދާތީ، މިކަމާމެދު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ. މިގޮތުން އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން ގަސްތައް ކަނޑަމުންދާ ގޮތަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

ވިލިމާލޭގައި ހެދިފައިހުރި ގަސްތައް ކަނޑާލާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާއެކު ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުންދާ އަމަލުތަކަކީ އެ ކައުންސިލްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލަންޖެހޭ ވަރުގެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 2022 ވަނަ އަހަރު މާލޭގެ އަމީނީމަގުން ގަސްތައް ކެނޑުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. އަދި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ނަމުގައި ގަސްތައް ކެނޑުމާމެދު ގިނަ ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މާލޭގެ މަގުތަކުން ގަސްތައް ކެނޑުމުގެ މައްސަލައަކީ ފާއިތުވި އަހަރުތަކުގައިވެސް ޖަދަލު އުފެދިފައިވާ މައްސަލައެކެވެ. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ދެކޭގޮތުގައި މާލެފަދا ބޮޑެތި އާބާދީތަކުގައި ގަސްގަހާގެހި އިންދާ އާލާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިދެންނެވި މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގައި ގާނޫނީ ފިޔަވަޅުތަކެއް އެޅިދާނެކަމަށް ރައީސް ނަޝީދުގެ ބަސްފުޅުތަކުން ދޭހަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: