ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ މެމްބަރުންނަށް ހާއްސަ ޑެސްކެއް ގާއިމެއް ނުކުރަން: އާސަންދަ

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ މެންބަރުން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހަމަޖައްސައިދިނުމަށް، އާސަންދަ އޮފީހުގައި ހާއްސަ ޑެސްކެއް ގާއިމުކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު މަޢުލޫމާތު ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ، ޕީއެންސީގެ މަޖިލިސް މެންބަރުން ބޭނުންވާ ފަރާތްތަކަށް އާސަންދަ ހަމަޖައްސައިދިނުމަށް ވަކި މުވައްޒަފުންތަކެއް ހާއްސަކޮށްފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހު ކަމަށެވެ. އަދި ޕީއެންސީ މެންބަރުންގެ ރިކުއެސްޓުތައް ވަގުތުން ވަގުތަށް ހަމަނުޖެހޭތީ އެކަމާމެދު ބޮޑެތި ޝަކުވާތައް ކުރަމުންދާ ކަމަށްވެސް އެ ޚަބަރުގައި ބުނެފައިވެއެވެ.

އެ ޚަބަރުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ކުންފުނީގެ އެމްޑީ އާމިނަތު ޒީނިޔާ ހުރިހާ މުވައްޒަފުންނާވެސް ބައްދަލުކޮށް، ޕީއެންސީގެ މެމްބަރުންގެ ރިކުއެސްޓުތަކާމެދު ޢަމަލުކުރަންވީ ގޮތެއް ފަހުން އަންގާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އާސަންދަ ކުންފުނިން ވަނީ މި ޚަބަރު ސީދާ ދޮގުކޮށް، އެފަދަ އެއްވެސް ޑެސްކެއް ކުންފުނީގައި ގާއިމުކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި މި ޚަބަރަކީ އެއްވެސް ޙަޤީޤަތެއް އޮތް ޚަބަރެއް ނޫން ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: