ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ނިމުނުއިރު ބޭރު ފައިސާގެ ރިޒާވު 14 އިންސައްތަ އިތުރު: އެމްއެމްއޭ

މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރ އަހުމަދު މުނައްވަރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު 14 އިންސައްތައިން އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާގޮތުން 2024 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުވަނީ 673.2 މިލިއަން ޑޮލަރަށް އަރާފައިކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ފަހު ކުއާޓާރ އާއި އަޅާބަލާއިރު 14 އިންސައްތަ ނުވަތަ 82.7 މިލިއަން ޑޮލަރުން އިތުރުވެފައިވާކަމަށެވެ. އަދި 2024ގެ 3 ވަނަ ކުއާޓާރއާއި އަޅާބަލާއިރު 81 އިންސައްތަ ނުވަތަ 302 މިލިއަން ޑޮލަރުގެ ކުރިއެރުމެއް އައިސްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ރިޒާވު އިތުރުވެގެން އައިސްފައިވާ މައިގަނޑު ސަބަބަކީ ބޭރު ގައުމުތަކާއި ދެމެދު ކުރެވިފައިވާ މުއާމަލާތްތައްކަން އެ މުއައްސަސާއިން ހިއްސާކޮށްފައިވާއިރު އެންމެ ބޮޑު ހިއްސާދާރަކީ އިންޑިއާގެ ރިޒާބު ބެންކުކަމަށާއި، އެ ބެންކާއިމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އެ މުއައްސަސާއިންވަނީ ރާއްޖޭގެ ފައިނޭންސިންގް ދާއިރާގެ ކުންފުނިތަކުގެ މާލީ ހާލަތާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން މައިގަނޑު ގޮތެއްގައި އެފަދަ ކުންފުނިތަކުގެ އުފެއްދުންތެރިކަން ހުރީ ރަނގަޅު މިންގަނޑެއްގައިކަމަށާއި 2024 ނިމުނުއިރު ޖުމުލަ މާލިއްޔާތު 4.0 ބިލިއަން ރުފިޔާއަށް އަރާކަމަށް ބުނެފައިވާއިރު މިއީ 3 ވަނަ ކުއާޓާރ އާއި އަޅާބަލާއިރު 1 އިންސައްތައިގެ އިތުރުވުމެއް ކަމަށް ބުނެފައިވެއެވެ.

3 ވަނަ ކުއާޓާރ އާއި އަޅާބަލާއިރު 2024ގެ ހަތަރުވަނަ ކުއާޓާރގައި ލޯނު ދޫކުރި މިންގަނޑުތައްވަނީ 1 އިންސައްތައިން އިތުރުވެފައިކަމަށް ފާހަގަކޮށްފައިވާއިރު ލޯނުތަކުގެ ޖުމުލަ 3.6 ބިލިއަންނަށް އަރާކަމަށް ހިއްސާކޮށްފައިވެއެވެ. އެހެންކަމުން އެފަދަ ކުންފުނިތަކުން ދޫކޮށްފައިވާ ޖުމުލަ ލޯނުތަކުގެ އަދަދު 2024 ވަނަ އަހަރު ނިމުނުއިރު 3 އިންސައްތަ ނުވަތަ 99.2 މިލިއަން ރުފިޔާއިން އިތުރުވެފައިވާކަމަށްވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: