ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބިފައިވާ މީހެއްގެ ފްލެޓެއް އެހެން މީހަކަށް ދީފައެއް ނުވާނެ: ހައުސިންގ

ޝެއާރކޮށްލާ ކަހަލަދޯ؟

ލިބިފައިވާ މީހެއްގެ ފްލެޓެއް އެހެން މީހަކަށް ދީފައެއް ނުވާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިންއިން ބުނެފިއެވެ.

ސަރުކާރުން ނެރުނު ފުލެޓު ލިސްޓާއި ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވާހަކަދައްކާފައެވެ. އަދި އެމްޑީޕީން ފާހަގަކޮށްފައިވާ ނުކުތާތަކަކީ ހަގީގަތެއް ނެތް ވާހަކަ ކަަމަށް ބުނެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިންއިން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފްލެޓު ލިސްޓު ލިބިފައިވާ އެއްވެސް މީހަކަށް ކަނޑައަޅާފައިވާ ފްލެޓް އެހެން މީހަކަށް ހަމަަޖައްސާފައި ނުވާނެ ކަމަށެވެ. އެ މީހަކު ހުށަހަޅާ ޝަކުވާތައް ބަލާ ގޮތެއް ނިންމުމަށްފަހު މެނުވީ އެއްވެސް މީހަކަށް ލިބިފައިވަނީ ފްލެޓެއް އެހެން މީހެއްގެދިނުމަށް ކަނޑަނޭޅޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަން މިނިސްޓްރީން މިދިޔަ މަހުގެ 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

2018 ގައި އިއުލާނުކުރި 7000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ބެލުމެއް ނެތިފޯމު ލީ އެންމެންގެ ފޯމުތައް އެމްޑީޕީގެ ސަރުކާރުގައި އިވެލުއޭޓްކޮށް ފްލެޓް ލިބޭ މީހުން އަލުން ކަނޑައަޅާފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މިނިސްޓްރީން ބުނެފައިވަނީ މި ފަހަރު ފުލެޓު ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ފޯމުތައް ވެރިފައި ކޮށްފައިވަނީ އެސީސީގެ އެންގުމަށް އަމަލު ކުރުމަށް ކަމަށެވެ.

މިނިސްޓްރީއަށް ޓްރާންސިޝަންގެ މަރުހަލާގައި މައުލޫމާތު ދިނުމަށް ދެކޮޅުހަދައި ވެރިކަން ބަދަލުވާން 2 ދުވަހަށް ވެފައިވަނިކޮށް ލިސްޓު ނެރެ އެ މީހުންނާއިއެކު އެއްބަސްވުމެއްގައި ސޮއިކުރުވާ ހެދީ އެކަން އެހެން ނުކުރާން އެދިފައިވަނިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނެފައިވަނީ ވެރިކަން ބަދަލުވިއިރު ހުރިހާ މައުލޫމާތެއް ހުންނާނެކަމަށާއި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީގެ ސަރުކާރުން ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ އެއްވެސް މީހެއްގެ ފޯމް ބެލުމުގައި މައްސަލައެއް އޮތްނަމަ މިނިސްޓްރީއަށް ހުށައެޅުމުން އެ މައްސަލަ ބަލައިދޭނެ ކަމަށެވެ. ގެދޮރުވެރިޔާ އުސޫލުން ޕޮއިންޓްދިނުމާއި މާކްސް ދިނުމުގެ މައްސަލައިގައި މިނިސްޓްރީން ބުނެފައިވަނީ މާކްސްދީފައިވާނީ ކުރީ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ގޮތަށް އެޕްލިކަންޓް ދީފައިވާ މައުލޫމާތަށް ކަމަށެވެ. އިވެލުއޭޓް ކުރި މިހުން އެލިކަންޓް ދީފައިހުރި މައުލޫމާތާއި ހިލާފަށް ނުބައިކޮށް ޕޮއިންޓު ދީފައިވާނަމަ އެކަން އިސްލާހުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅުނު ފޯމްތައް އިވެލުއޭޓް ކުރުމަށް ”ގެދޮރުވެރިން ކޮމިޓީ“ ގެ ގައިޑްލައިންގައި ވާނީ މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރު ނުވާ މީހެއް ނަމަ. އެމީހަކީ މާލޭގައި ދރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ މީހެއްކަން ކަނޑައަޅާނީ ވެރިފަޔަރ ވެރިފިކޭޝަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގައި ރަށްވެހިވެފައިވާ މީހެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ. މާލޭގެ ރަށްވެއްސަކަށް ވީތާ 15 އަހަރު ނުވާނަމަ އެމުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތަކަށް ބަލާފައިވާކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ. އަދި އެކަންވެސް ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުން އެކްށައަޅާފައިވާ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ލިޔެކިޔުންތަކުން ފެންނަ މާލޭގައި ދިރުއުޅުން މެދުކެނޑިފައިވާ މުއްދަތުތަކުގައި ހުށަހަޅާފައިވާ ރަސްމީ ލިޔުންތައް އެއީ މެދުކެނޑުން ގުޅުވުމަށް ބެލިދާނެފަދަ ޙާލަތެއް ނަމަ އެފަދަ ލިޔުންތަކަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް މިނިސްޓްރީގެ ބޔާނުގައި ވަނީ ބުނެފައެވެ.

ކައުންސިލްތަކުން ދީފައިވާ ލިޔުންތަކު ތެރޭގައި ފާހަގަ ކުރެވިފައިވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ރަށު ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ލިޔުންތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށް ބަޔާނުގައި ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ ދެމަފިރިންނަށް އެއް ސްކީމަކުން ފްލެޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމެއް ކަމަށާއި އަދި ދެމަފިރިންނަށް މި ސްކީމުގެ ތެރެއިން 2 ފްލެޓު ލިބިފައި ނުވާނެ ކަމަށެވެ. 15 ނޮވެންބަރު 2023 ގައި އިޢުލާންކުރި ލިސްޓުގައި ނެތް ފަރާތެއް އެ ލިސްޓުގައި ހިމަނާފައި ނުވާނެ ކަމަށާއި އަދި ދެ މަފިރިން ހިމެނިފައިވާނަމަ އެދެފަރާތަށް ވަކިން 2 ފްލެޓެއް ނުލިބޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ ވެރިފިކޭޝަނަށް ފަހު ނެރެފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެވިފައިވާ ފުރުޞަތަކީ ވެރިފިކޭޝަންގައި މިނިސްޓްރީން އެޕްލިކޭޝަން ފޯމެއްގައި ހުރި މަޢުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތައް ބެލުމުގައި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަން ރަނގަޅު ކުރުމަށް ދެވިފައިވާ ފުރުސަތެއް ކަމަށެވެ. އިތުރު ލިޔުންތައް ހުށަހަޅަން ފުރުޞަތު ދީފައިނުވަނީ އިވެލުއޭޝަނަށްފަހު ނެރެފައިވަނީ ވަގުތީ ލިސްޓާއި ގުޅިގެން ހުޅުވާލެވުނު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދީ ފައިނަލް ކުރެވިގެން ނެރެފައިވާ ލިސްޓެއް އިތުރަށް ޗެކް ކުރަން ކުރެވުނު މަސައްކަތަކަށްވާތީ ކަމަށް ބުނެފައިއެވެ.

އިތުރަށް މިނިސްޓްރީގެ ބަޔާނުގައި އެ 4000 ފްލެޓް ލިބުމުގެ ފުރުސަތު ނުލިބޭ މީހުންނަށް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހަންމަލު ކުރަންނުޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު މި ދައުރުގެ ތެރޭގައި އޮންނާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: