ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން ނިންމީ، އަޒްމިރަލްދާ އެދިވަޑައިގަތް ގޮތަށް އަޑުއެހުން އާންމުކޮށް ހުޅުވާނުލުމަށް!

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު./ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުފެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުންދާ މައްސަލައިގައި ބާއްވާ އަޑުއެހުން އާންމުކޮށް ހުޅުވާލުމަށް ފަނޑިޔާރުގެ ފަރާތުން އެދިފައި އޮތް ނަމަވެސް އެކަން ނުކުރަން ކޮމިޝަނުން ނިންމައިފި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑުކޮށް ޖޭއެސްސީން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ދަށު ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މަޖިލީހަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަ އެކެވެ.

ފިރިކަލުން ހައްޔަރު ކުރި މައްސަލައާއި ގުޅުވައި، ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތަށް ސަރުކާރުން އެކި ގޮތް ގޮތުން ނުފޫޒު ފޯރުވިކަމަށް އަޒްމިރަލްދާ ވަނީ ވިދާޅުވެފަ އެވެ. އަދި ޑރ. ލަތީފް ބަންދުން ދޫކުރުމަށް، އެއްވެސް ބޭފުޅަކަށް ގުޅައި މެސެޖުކޮށްފައި ނުވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ސުވާލު ކުރުމަށް މާދަމާގެ ވަގުތަކަށް ޖޭއެސްސީއަށް ހާޒިރު ވުމަށް އަޒްމިރަލްދާއަށް ވަނީ އަންގާފަ އެވެ. އެހެންވެ އަޒްމިރަލްދާ ހުށަހެޅުއްވީ ސުވާލު ކުރުމުގެ މަޖިލިސް އާންމުކޮށް ހުޅުވާލައިގެން މީޑިއާތަކުގެ ހާޒިރުގައި ކުރިޔަށް ގެންދިއުމަށެވެ.

މީގެ ކުރިން ވެސް ޖޭއެސްސީ ކުރިޔަށް ގެންދިޔަ ފަނޑިޔާރުންނާއި ގުޅުން ހުރި ދެ މައްސަލައެއް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އެވެ. މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައި އެ ދެ މައްސަލައިގެ މަޖިލިސް ޓީވީތަކުން ލައިވް ވެސް ކުރި އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ވެސް އޭނާ ހާޒިރު ކުރާ ބައްދަލުވުން އާންމުކޮށް ހުޅުވާލަން އެދުނެވެ. އެކަމަކު ކޮމިޝަނުން ނިންމީ އާޑުއެހުން އާންމުކޮށް ހުޅުވާނުލުމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ހާޒިރުކޮށް ޖޭއެސްސީން ސުވާލު ކުރި އެވެ. އެކަމާ ގުޅޭގޮތުން ”ސަންގު“ އަށް މަހާޒްގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ މަހާޒަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާކަމަށެވެ. އަދި ފަނޑިޔާރު މަހާޒަށް ތުހުމަތު ކުރާ ބަންދުގެ މަޖިލީހުގެ މައުލޫމާތު ލިބިވަޑައިގަތީ އެ ދުވަހުގެ މާ ފަހު ވަގުތެއްގައި ބަންދު އަޑުއެހުން ނިމުނު ފަހުންކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: