އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެނެސްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންވަނީ މި މަހުގެ 10 ވަނަ ދުވަހު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކުންފުނީގެ ޑިރެކްޓަރުގެ މަގާމަށް ގދ ގައްދޫ ބިލަތްމާގެ އާއިޝަތު ފަޒީނާ އައްޔަނުކޮށްފައިކަމަށާއި އެހެންކަމުން ކުންފުނީގެ ސްޓޭކް ހޯލްޑަރުންގެ މައުލޫމާތަށް މިކަން އަންގާކަމަށް ބުނެފައިވެއެވެ.

