ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ 5G އާބާދީގެ 80 އިންސައްތަ އަށް ލިބޭ ގޮތަށް ފުޅާކޮށްފި

އުރީދޫ އިމާރާތް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ 5G އާބާދީގެ 80 އިންސައްތައަށް ލިބޭ ގޮތަށް ފުޅާކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކް ފުޅާކުރުމާއެކު ޑިޖިޓަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރު ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް އުރީދޫ 5ޖީ ވަނީ ފޯރާފައެވެ. މި ކާމިޔާބީއާއެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކަށްވެ، ހަލުއި އިންޓަނެޓް ސްޕީޑާއިއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް އުރީދޫއިން ބުނެއެވެ.

މިއާއެކު، އުރީދޫ 5ޖީ މިހާރު މީހުން އުޅޭ 79 ރަށަށް، 8 ރިސޯޓަށް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ބެހެއްޓިފައިވާނެއެވެ.

އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އުރީދޫގެ އަމާޒަކީ ޑިޖިޓަލް ތަޖުރިބާތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނާ ގުޅާލުންކަމަށް ކުންފުނިން ބުންޏެވެ. އުރީދޫ 5ޖީ އާބާދީގެ 80 އިންސައްތައަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ހެއްކެއްކަމަށްވެސް ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: