ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން އަގުކޮށްގެން ފައިސާ ޗާޕުކުރުމުގެ ވިސްނުން ހަމައެއްނުޖެހޭ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕުކުރުމަށްޓަކައި ގެންގުޅޭ ވިސްނުން ހަމަނުޖެހޭކަމަށާއި ސަރުކާރުން ގެންގުޅޭ ވިސްނުމުން ނަމަ ރާއްޖޭގެ ރިސޯޓުތަކުގެ ބިން އަގުކޮށްގެން އެއް ޓްރިލިއަން ދިވެހި ރުފިޔާވެސް ޕްރިންޓުކުރެވިދާނެކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމްހީދު ވިދާޅުވީ، އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރުކަމުގައި ހުންނެވި އިމާދު ވަކިކުރަން އެެޖެންޑާ ކުރެވިފައިވާކަން އެނގުނީ މާލިއްޔާތު ކޮމިޓީއަށް ވެސް ވަޑައިގެންނެވި ފަހުންކަމަށެވެ. ނަމަވެސް އިމާދު މަގާމުން ވަކިކުރަންޖެހޭ ފަދަ ސަބަބެއް ހުށައަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިނުވާކަމަށާއި މީޑިއާތަކުގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު މިކަން ގުޅިގެން އަންނަނީ ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރަން ނިންމާފައިވުމާއިކަން ފެނިގެންދާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، އިމާދު ވަކިކުރަން ހުށައެޅީ އެމްއެމްއޭގެ ބޯޑުން ނިންމަން ޖެހޭ ބައެއް ކަންކަމުގައި ދަތިތައް ކުރިމަތިވުމުންކަމަށާއި މިކަންތައްތަކާއި ގުޅިގެން އެމްޑީޕީން ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލީ މިކަމަކީ ހިނގަމުންދާ ކަންތައްތަކެއްކަން ނޭނގޭކަމަށް ބުނެކަމަށެވެ. އެހެންކަމުން އެމްއެމްއޭގެ ފަރާތުން މިކަމުގެ މައުލޫމާތުތައް ސާފުކުރުމަށް މާލިއްޔާތު ކޮމިޓީގައި އެދިވަޑައިގެންފައިވާނެކަމަށާއި ލިޔުމުން ޖަވާބެއް ހޯދުމަށް ކުރި މަސައްކަތްތަކާއި ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެމްބަރުން ދެކޮޅު ހެއްދެވުމުން އެކަންވެސް ކުރިއަށް ނުގެންދެވުނުކަމަށެވެ.

ޝަމްހީދު ވިދާޅުވީ، އެމްއެމްއޭގެ މަސައްކަތްތައް ބެލެހެއްޓުމަކީ މާލިއްޔާތު ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެއްކަމަށެވެ. އަދި އެމްއެމްއޭގެ ބެލެނިވެރި ފަރާތަކީ މާލިއްޔާތު ކޮމިޓީކަމަށްވާއިރު މިފަދަ ބޮޑު ނިންމުމެއް ނިންމައިގެން ކަންކަން ކުރިއަށް ގެންދަން މަސައްކަތްކުރާއިރު އެކަމަށް ކުޑަކުޑަ މިންވަރަކަށްވެސް ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމިޓީން ބަލާލަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ރާއްޖޭގައި ހުރި ބިންތަކަކީ އަގެއް ހުރި އެއްޗެއްކަމަށް ބަލައިގެން އެ އަގާއި އެއް މިންވަރަށް އެމްއެމްއޭއަށް ފައިސާ ޕްރިންޓުކުރެވިދާނެކަމުގެ ވިސްނުން ގެންގުޅޭކަމަށް ފެނިގެންދާކަމަށެވެ. އަދި މުދަލަކާއި އަޅުވާފައި މަސައްކަތްތައް ކުރިއަށް ގެންދިއުމުން އެއީ ފައިސާ ޕްރިންޓުކުރުންކަމަށް ނުވާނެކަމަށް ދެކޭކަމަށްވެސް ފެނިގެންދާކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ ހުޅުމާލެއިން ގަތުމަށް ކަނޑައެޅިފައިވާ 22 ހެކްޓަރު އަގުކުރަނީ އަދި ގަންނަނީވެސް ދައުލަތުންކަމަށެވެ.

އެހެންކަމުން އެ މަސައްކަތްތައް ހަމަޖެހޭކަމެއްގެ ގޮތުގައި ދެކޭނެ ގޮތެއް އެނގިވަޑައިނުގަންނަވާކަމަށާއި ރާއްޖޭގެ ބިމަކީ ރަންފަދަ މުދަލެއްގެ ގޮތުގައި ދެކިގެން ފައިސާ ޗާޕުކުރާނަމަ ރާއްޖޭގައި ތިބި ރިސޯޓުތަކުގެ ޖުމުލަ ބިން 2000 ހެކްޓަރު ވަރަށް އަރާކަމަށްވުމުން މި ވިސްނުމުން އެއް ޓްރިލިއަން ދިވެހި ރުފިޔާވެސް ޗާޕުކުރެވިދާނެކަމަށެވެ.

މެމްބަރު ވިދާޅުވީ ކުރަން އުޅެނީ ހަމަޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: