މާލޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގައި ފިރިހެނަކު 18 އަހަރުން ދަށުގެ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ 27 ޖެނުއަރީ 2025 ގައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޖިންސީ ގޯނާއާއި، އަނިޔާއާއި ގުޅުން ހުރި މިފަދަ މައްސަލަތައް ރިޕޯޓު ކުރާ އަތޮޅު ނުވަތަ ރަށް ފުލުހުން ހާމައެއް ނުކުރާނެ އެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި ގުޅުން ހުރި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ކިރިޔާ ވެސް އެނގިދާނެ ފަދަ އެއްވެސް މައުލޫމާރެއް ހާމަކުރުން ގާނޫން މަނާވާނެ އެވެ.

