ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގައި ބެންގަލޫރަށް ދަތުރުކުރެވޭނެ!

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން އިން ހަނިމާދޫ އަދި ބެންގަލޫރު ދެމެދު އައު ރޫޓެއް ކަނޑައަޅައި ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވިއަންއިން އާންމުކޮށްފައިވާގޮތުން ހަނިމާދޫއިން ބެންގަލޫރަށް ކަނޑައަޅާފައިވާ އައު ރޫޓަކީ މުހިންމު މަންޒިލުތަކާއި ދެމެދު ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ބައެއްކަމަށެވެ. އެގޮތުން މިއީ ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި އެ ކުންފުނީގެ ފަސިންޖަރުންނަށް އިތުރު އިހުތިޔާރުތަކެއް ދިނުމުގެ ގޮތުން ނިންމާފައިވާ ކަމެއްކަމަށް ހިއްސާކޮށްފައިވެއެވެ.

މިހާރު މި ރޫޓުން ޓިކެޓު ބުކް ކުރުމަށް ހުޅުވާލެވިފައިވާއިރު ރަސްމީ ވެބްސައިޓުގެ އިތުރުން ޓިކެޓު ދޫކުރުމަށް ކަނޑައެޅިފައިވާ އޮފީސްތަކާއި އެޕްލިކޭޝަން މެދުވެރިކޮށްވެސް އެކަން ކުރެވޭނެކަން ފާހަގަކޮށްފައިވެއެވެ.

މި ރޫޓުން ހަފްތާއަކު ދެ ދަތުރުކުރުމަށް ނިންމާފައިވާއިރު އެ ކުންފުނީގެ އެމްޑީ އިބްރާހިމް އިލްޔާސްވަނީ އައު ރޫޓެއް ތައާރަފްކޮށް މަސައްކަތްތައް ފުޅާކުރެވިފައިވުމާއިމެދު އުފާކުރައްވާކަން މީޑިއާތަކަށް ހިއްސާކުރައްވާފައެވެ. އަދި ކަމުގެ ސަބަބުން މޯލްޑިވިއަންގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު އޮޕްޝަނެއް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: