ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަކީ މަތީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއް: މިނިސްޓަރ ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ މަތީ ތަޢުލީމު އެކްސްޕޯޓްކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރުމަށް ވުޒާރާގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ރާއްޖެ އަކީ ތަޢުލީމު އެކްސްޕޯޓް ކުރާ ޤައުމަކަށް ހެދުމަކީ މުޙިއްމު ކަމެއްކަމަށެވެ.

މިކަން ހާޞިލުކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީރު ވަނީ މި މަގުން ކުރެވިފައިވާ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން، މަތީ ތަޢުލީމު ފޯރުކޮއްދޭ ޔުނިވާސިޓީ އަދި އިންސްޓިޓިއުޓްތަކާއި ބައްދަލުކޮށް، މަތީ ތަޢުލީމާށް ރާއްޖެ ހުޅުވާލާއިރު، އަޅަންޖެހޭ މުޙިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް މަތީ ތަޢުލީމު ހާޞިލުކުރުމަށް އައުމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ލިބިގެންދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު މަތީ ތައުލީމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، އެކި މަސައްކަތްތައް ކޮށްފައިވެއެވެ. އެގޮތުން ބޭރުގެ ފަރާތްތަކާއިއެކު އެއްބަސްވުންތައް އެކުލަވާލުން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: