ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްޓިފައިހުރި ކުޅިވަރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން: އެމްޓީސީސީއަށް ތިން މަޝްރޫއުއެއް!

ދިއްފުއްޓާއި މުރައިދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކާއި ބިލެއްފަހީގެ އެފްއާރުސީ އެޅުމަށް އެމްޓީސީސީއާ ހަވާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ދިއްފުށި އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކާއި، ށ. ބިލެއްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ޤާއިމްކުރުމަށް އެމްޓީސީސީއާއެކު ސޮއިކޮށްފިއެވެ.

މިއީ ރަށް ރަށުގައި ހުއްޓިފައިހުރި ކުޅިވަރުގެ މަޝްރޫޢުތައް، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ފުރިހަމަކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެފައިވާ ވަޢުދު ފުއްދުމުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވުނީ ތިން ރަށެއްގެ މަޝްރޫޢުތަކެވެ.

އެމްޓީސީސީ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިއްފުށީގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މީގެ އިތުރުން އެ ރަށުގެ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. މި މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

މުރައިދޫ ދަނޑުގެވެސް ވަށާފާރާއި ދަނޑުގެ ފެންސުޖެހުމުގެ މަސަައްކަތް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޑްރޭގް ބްރަޝް މެޝިން އާއި ބެންޗުތައްވެސް މި ކޮންޓްރެކްޓްގެ ދަށުން ހޯދަންޖެހެއެވެ. 60 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެއެވެ.

ށ. ބިލެއްފަހީގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ މަސައްކަތަކީ 4.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ނިންމަން ޖެހެނީ ހަ މަސްދުވަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: