ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭގެ) ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިމިވަނީ އިމާދު އެ މަގާމުން ވަކިކުރަން ރައީސްއަށް ލަފާދިނުމަށް އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް  ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މަޤާމުން އިސްތިއުފާ ދެއްވައި އޭނާ މީޑިއާތަކާ ހިއްސާކުރެއްވި ބަޔާނުގައި ވިދާޅުވީ، އެ ނިންމުން ނިންމަވާފައިވަނީ މިފަހުން އެމްއެމްއޭއިން ނިންމި ނިންމުންތަކަކީ އޭނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަޤްސަދުތަކާ ޚިލާފު ނިންމުންތަކަށްވާތީ ކަމަށެވެ.

އިމާދު ވިދާޅުވީ، މަޤާމުގައި ހުންނަވައި ޤައުމުގެ އިޤްތިސާދީ އަދި މާލީ ހަމަޖެހުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ޚިދުމަތުގެ ދައުރުގައި އިޤްތިސާދީ ޙާލަތުގެ ގޮންޖެހުންތަކަށް އެކަށީގެންވާ ގޮތެއްގައި އިޖާބާ ދެއްވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ބޭރުފައިސާގެ ބާޒާރުގެ މުހިއްމު އިސްލާޙުތައް ގެނައުމާއި، މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިމާދު ވަނީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) ތަރައްޤީކުރުމާއި، މާލީ ބައިވެރިވުން ކުރިއެރުވުމާއި، ނެޝަނަލް ސަސްޓެއިނެބަލް ފައިނޭންސިންގ ރޯޑްމެޕް އެކުލަވާލުމާއި، މިނޫންވެސް އެމްއެމްއޭގެ ގިނަ މަސައްކަތްތަކެއްގައި ހިއްސާވެފައެވެ.

އިމާދު ވިދާޅުވީ، ކޮވިޑު19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އެމްއެމްއޭގެ ފައިސާގެ ސިޔާސަތުތަކާއި ފިޔަވަޅުތަކަކީ މާލީ ދާއިރާގެ ހަމަޖެހުން ޤާއިމުކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅުތަކެއްކަމަށެވެ. އަދި އެއީ އެ ޙާލަތުގައި ކޮންމެހެން ކުރަންޖެހުނު އަސާސީ ކަންކަންކަމަށްވެސް އިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭރުގެ ކަރަންސީ ސްވޮޕް މެދުވެރިކޮށް ފޯރުކޮށްދެވުނު ކުރުމުއްދަތުގެ ބޭރުފައިސާގެ ލިކުއިޑިޓީގެ ސަބަބުން ބޭންކިންގ ދާއިރާ އަދި ސަރުކާރުގެ ބޭރުފައިސާގެ ލިކުއިޑިޓީއަށް ޙައްލު ލިބިގެންދިޔަކަންވެސް އިމާދު ފާހަގަ ކުރެއްވިއެވެ. އިމާދު ވަނީ ފައިސާގެ ސިޔާސަތުތަކަށް ދިން ލުއިތައް އިޔާދަކުރުމަށް ލަފާކުރި މުއްދަތަށްވުރެ ގިނަ ދުވަސް ނެގިކަން ފާހަގަ ކުރައްވާފައެވެ.

އިމާދު ވިދާޅުވި ގޮތުގައި އެހެން ދިމާވީ ސަރުކާރުގެ ފިސްކަލް ޙާލަތު ދަށްވުމާއި، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ލަސްވުމުންނެވެ.

މިހާރުގެ ޙާލަތަށް ބަލާއިރު، އިޤްތިސާދުގެ ރިއަލް ސެކްޓަރުން ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދިޔަނަމަވެސް، ފިސްކަލް ސެކްޓަރ އަދި މަނިޓަރީ ސެކްޓަރގައި ގޮންޖެހުންތައް އަދިވެސް ނުހަނު ބޮޑުކަމަށް އިމާދު ފާހަގަ ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ދައުލަތުގެ ބޭރުގެ ދަރަނި އިތުރުވަމުން ދިއުމަކީ އިޤްތިސާދީ ހަމަޖެހުމަށް އޭގެ އަސަރު ކުރާ ކަމެއްކަމަށް އިމާދު ވިދާޅުވިއެވެ.

ހަމައެއާއެކު، މާލީ ސެކްޓަރަށް ބަލާއިރު، ޚާއްސަކޮށް ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކު މަތިވެފައިވާކަމަށްވެސް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، ފައިސާ އިތުރަށް ޗާޕްކުރުމާ ދުރުހެލިވުމަށާއި، ދިގު ރާސްތާގެ އިޤްތިސާދީ ހަމަޖެހުން ގެނައުމަށްޓަކައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން މުހިއްމު ކަމަށެވެ. އެހެންކަމުން މިހާރުގެ އިޤްތިސާދީ ޙާލަތަށް ބަލާއިރު، އިތުރަށް ފައިސާ ޗާޕްކުރުމުން ސީރިއަސް މެކްރޯ އިކޮނޮމިކް އަސަރުތަކެއް މެދުވެރިވާނެކަމަށްވެސް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، އިތުރަށް ފައިސާ ޗާޕްކުރުމަކީ މިހާރުވެސް ބޭންކިންގ ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން މިއީ އެމްއެމްއޭގެ މަޤްސަދުތަކާ ޚިލާފުވާ ކަމެއއް ކަމަށާއި، މިކަމުގެ ސަބަބުން ފިސްކަލް ސިޔާސަތު އިތުރަށް ހީނަރުވެގެންދާނެކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވަނީ ފިސްކަލް ޒިންމާދާރުކަމަށް އިސްކަންދީ އެމްއެމްއޭގެ މިނިވަންކަން ހިމާޔަތްކޮށްދިނުމަށް އެދިލައްވާފައެވެ. އަދި އެމްއެމްއޭއަށް ކާމިޔާބަށް އެދޭކަމަށް ފާހަގަ ކުރައްވައި އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުން ވަނީ އޭނާ ވަކިކުރުމާ ގުޅޭ މައްސަލަ ކުރިއަށްނުގެންދިއުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: