ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ދޮގުކޮށް ބްރޯޑްކޮމްއިން ފަޒީން އިސްތިއުފާ ދީފި

ލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ފަޒީން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކުރެވި، މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަޒީން އިސްތިއުފާ ދީފި އެވެ.

މަގާމުން ވަކި ކުރުން ތާވަލުކޮށްފައި ވަނިކޮށް، މަގާމުން އިސްތިއުފާ ދިން ސިޓީގައި ފަޒީން ވިދާޅުވީ ބްރޯޑްކޮމްގެ މެމްބަރެއްގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު މިވަގުތު އޮތްކަމަށް ގަބޫލެއް ނުކުރެވޭކަމަށެވެ. އެހެން ނަމަވެސް މިނިވަން ދިމަގްރާތީ މުޖްތަމައެއް ދަމަހައްޓައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އަބަދުވެސް ދެމި ހުންނާނެކަމަށް ފަޒީން ވިދާޅުވިއެވެ.

މީގެއިތުރުން ތުހުމަތުތައް ދޮގުކޮށް، ފަޒީންގެ ގާނޫނީ ވަކީލުގެ ފަރާތުން އާންމު ކުރި އިތުރު ބަޔާނެއްގައި ވަނީ ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާގައި އެއްވެސް ހަގީގަތެއް ނެތްކަމަށެވެ. އަދި މައްސަލައިގައި ކުރިޔަށް ގެންދިޔަ ކޮމިޓީގައި ވެސް ބުނާ ބުނުމެއް ފިޔަވައި އެކަމަށް ބާރު ދެވޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށްވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި، ތުހުމަތު ފިޔަވައި އެކަމަށް އިތުރު ހެއްކެއް ދެއްކިފައި ނުވުމަކީ މިއީ މަސްނޫއީ ބުހުތާނެއްކަން ޔަގީންވާ އެއް ސަބަބެވެ.

ބަޔާނުގައި ވަނީ ފަޒީން މަގާމަށް އައްޔަނު ކުރީސުރެ، މަސްއޫލިއްޔަތުތައް އަދާކުރަމުން އައީ ތެދުވެރިކަމާއި އެކުކަމަށެވެ. އަދި ބާރުގަދަ ނުފޫޒު ގަދަ ބަޔަކު ބޭނުންވާ ގޮތަށް ތަންފީޒީ ފިޔަވަޅުތައް އެޅުމަކީ އެންމެ އަދުލުވެރި ގޮތްކަމަށް ނުދެކޭތީ ކޮމިޝަންގެ ނިންމުންތައް ހަމަ މިސްރާބުގައި ހިފެހެއްޓުމަށް ފަޒީން މަސައްކަތް ކުރިޖކަމަށް ބުންޏެވެ.

މި މައްސަލަ އުފެދިގެން އައި ބަޔާނުގައި ބުނެފައިވާ ގޮތުން، ފަޒީންއަކީ ކުރީ ސަރުކާރުން އައްޔަނު ކުރި މެމްބަރަކަށް ވާތީ އޭނާގެ ގޮނޑި ގެއްލުވާލުމުގެ ބޭނުމުގަ އެވެ. އަދި ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު އޮތީ އެއްވެސް ދާފާރާއެއް ނެތި ކޮންމެ މީހެއްގެ ވެސް އަބުރުކަތިލެވޭ ގޮތަށްކަމަށެވެ. އަދި އެ ގާނޫނު އޮތް އޮތުން އަބުރުވެރި މީހެއްގެ ގަދަރާއި އިއްޒަތް ބިމާއި ހަމަކޮށްލުމަށް ބޭނުންވަނީ އެންމެ ޖުމްލައެއްކަމަށް ވެސް ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ފަޒީންގެ މައްސަލަ ގާނޫނީ އިޖުރާއަތްތަކާއި ހިލާފަށް ދައުލަތުގެ އެތައް ބާރަކުން އެއްފަހަރާ ބަލައި ތަހުގީގު ކުރަމުން ދަނީ އާދަޔާހިލާފު ނުފޫޒާއި ބާރެއްގެ ސަބަބުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: