މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށްގެންދާ ހާއްސަ އޮފަރތަކުގެ ތެރެއިން، ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10ޖީ.ބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
ސްޓްރީމްކުރުމަށާއި ބްރައުސްކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުންބަދަހިކުރުމަށް ކަމުގައިވިޔަސް، ދިރާގުގެ ޑޭޓާ އެޑް-އޮންތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެންނެވެ. މި ޑޭޓާ ޕެކްތަކުގެ ތެރެއިން 100ޖީ.ބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް-އޮންތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކެކެވެ. އެހެންކަމުން، ރަމަޟާން މަހު ދިރާގުން މި ޕެކޭޖްތައް އެކްޓިވޭޓްކުރުމުން މި ދޭ އޮފަރއާއެކު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.
މީގެ އިތުރުން، 1 އިން 30 މާރިޗު 2025 ގެ މުއްދަތުގެ ތެރޭގައި މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗަރެއް ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފައެވެ. މިއީ، ރާއްޖޭގެ ރީތި މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ.
ދިރާގު އެޕް މެދުވެރިކޮށް ލިބޭ މެޖިކް ޑޭޓާގެ މި އޮފަރއަކީ، ފަސޭހަކަމާއެކު މޮބައިލް ފޯނު މެދުވެރިކޮށް ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ލިބުމުގެ ފުރުސަތު އޮތް އޮފަރއެކެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ، އެ ފަދަ ދެވަނައެއް ނުވާ ކުންފުންޏެކެވެ.

