ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލު އިންސާފަކީ ކުޅޭކުޅޭ އެއްޗަކަށް ހެދުމުން ރައްޔިތުންގެ އިތުބާރު ގެއްލޭނެ: އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް : ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަދުލު އިންސާފަކީ ކުޅޭކުޅޭ އެއްޗަކަށް ހެދުމުން ރައްޔިތުންގެ އިތުބާރު އަދުލުއިންސާފުން ގެއްލިގެން ދިޔައީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ފަނޑިޔާރުންގެ ވާހަކަ ފާހަގަކުރައްވާ އަމީން ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ޖޭއެސްސީއަށް އޮތް ވަރުގެ ނުފޫޒެއް އެމްޑީޕީގެ ސަރުކާރުގައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފެހި ގާނޫނުއަސާސީ އުފެދިގެން އައިރު އިންތިގާލީ މަރުހަލާގައި ސުޕްރީމް ކޯޓުގެ ބެންޗެއް އެކުލަވާލުމުގެ ފުރުސަތެއް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނަށް ލިބުނު ކަމަށް އަމީން ވިދާޅުވިއެވެ. އޭގެފަހަށް އުފެދިގެން އައި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބީ 7 މެމްބަރުން ނުވަތަ 7 ފަނޑިޔާރުން ކަމަށް އަމީން ވިދާޅުވިއެވެ.

”އަސްލު ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ފަށާފައި ވަނީ ޕީޕީއެމްގެ ވެރިކަމުގައި، ރައީސް ޔާމީންގެ ވެރިކަމުގައި. އޭރުގައި 7 ކުން 5 ކަށް ބަދަލުކުރިއިރުގައި މުޅި ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރޭ އޭރުގައި ސުޕްރީމް ކޯޓން ވަކިކުރި 2 ފަނޑިޔާރުންނަކީ މުޅި ބެންޗުގައި ވެސް ތިބި އެންމެ ތައުލީމީ، އެންމެ މިނިވަން އަދި އެންމެ މުސްތަގިއްލު ކަމަށް ދިވެހިރައްޔިތުން ގަބޫލުކުރި ދެބޭފުޅުން. އެއީ މިހާރުގެ އުއްތަމަ ފަނޑިޔާރާއި އޭރުގެ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ހުންނެވި ފާއިޒް. ސުޕްރީމް ކޯޓުގެ މުޅި ބްނޗަށް ބެލިޔަސް އެންމެ ތައުލީމީ އެންމެ ގާބިލް، ރައްޔިތުން ގަބޫލުކުރި އެންމެ އިހުލާސްތެރިވާނެ ކަމަށް އެންމެ އަދުލުވެރި ވާނެ ކަމަށް ރައްޔިތުން ގަބޫލު ކުރި ދެބޭފުޅުން ވަވިކުރެއްވި“

އަމީން ވިދާޅުވީ އެ ވިދާޅުވަނީ ކޮންމެ ރައްޔިތަކަށް އެންމެ ފަހުގެ މަރުހަލާގައި ރައްކާތެރިކަން ދޭން ގާނޫނުގެ ތެރެއިން ޝާރުއީ ދާއިރާގެ ތެރެއިން ަރއްކާތެރިކަން ދޭން ތިބި މީހުންގެ ވާހަކަ ކަމަށެވެ. އަމީން ވިދާޅުވީ މިކަން ކޮންމެ ރައްޔިތަކު ކުޅޭ ކުޅޭ އެއްޗަކަށް ހެދުމުން، އެގައުމަކާއި މެދު އަދި އަދުލުއިންސާފު ލިބޭނެ ކަމުގެ އުންމީދު ރައްޔިތުންގެ އެހިސާބުން ދިޔައީ ކަމަށެވެ. އަމީން ވިދާޅުވީ މިއީ ކަންބޮޑު ވާ ކަމެއް ކަމަށެވެ.

މީގެއިތުރުން އެމްޑީޕީގެ އެއްވުމުގައި ދެއްވި ވާހަކައަކީ ކުށްވެރިވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީންވެސް އެކަމަށް މާފަށް އެދެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް ސިޔާސީ މަސައްކަތުގެ ތެރެއިން ކުޑަކުދިންގެ ވާހަކަ ދެއްކުމަކީ ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: