ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރަށެއްގެ ފެނާ ނަރުދަމާގެ ނުނިމިހުރި މަސައްކަތްތައް ފެނަކައާ ޙަވާލުކޮށްފި

ފެނަކަ ކޯޕަރޭޝަން- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ރަށެއްގެ ފެނާ ނަރުދަމާގެ ނުނިމިހުރި މަސައްކަތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީން ޙަވާލުކޮށްފައިވަނީ ށ. މާއުނގޫދޫ، ށ.ނަރުދޫ އަދި ނ. ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ. އެގޮތުން އެކަމަށްޓަކައި މިނިސްޓްރީއާއި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްއެވެ.

އެއްބަސްވުންތަކުގެ ތަފްސީލުތައް:

ށ. މާއުނގޫދޫ

ކޮންޓްރެކްޓަރ: ފެނަކަ ކޯޕޮރޭޝަން ލިމިޓެޑް

ކޮންޓްރެކްޓް އަގު:     46,700,916.26 ރުފިޔާ

ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 13 މާރިޗު 2025

ކޮންޓްރެކްޓްގެ މުއްދަތު: 540 ދުވަސް

 

ށ. ނަރުދޫ

ކޮންޓްރެކްޓަރ: ފެނަކަ ކޯޕޮރޭޝަން ލިމިޓެޑް

ކޮންޓްރެކްޓް އަގު:     36,858,717.05 ރުފިޔާ

ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 13 މާރިޗު 2025

ކޮންޓްރެކްޓްގެ މުއްދަތު: 540 ދުވަސް

 

ށ. ޅޮހި

ކޮންޓްރެކްޓަރ: ފެނަކަ ކޯޕޮރޭޝަން ލިމިޓެޑް

ކޮންޓްރެކްޓް އަގު:     37,844,864.34 ރުފިޔާ

ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 13 މާރިޗު 2025

ކޮންޓްރެކްޓްގެ މުއްދަތު: 540 ދުވަސް

މިދިޔަ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ނުނިމި ހުރި މަޝްރޫއުތައްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކި ސަބަބުތަކާއި ހުރެ ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ދާދި ފަހުން ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: