ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީންގެ ތެރޭގައި މަގުބޫލު ދިރާގު ތަށިބަރި މޫވްމަންޓް މި ރަމަޟާން މަހު ވެސް ފޯރިއާއެކު ކުރިއަށް

ދިރާގު ތަށިބަރި މޫވްމަންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީންގެ ތެރޭގައި މަގުބޫލު، އަދި ގިނަ ބަޔަކު އިންތިޒާރުކުރާ، ދިރާގު ތަށިބަރި މޫވްމަންޓް މި ރަމަޟާން މަހު ވެސް ފޯރިއާއެކު ކުރިޔަށް އެބަދެއެވެ.

މި ރަމަޟާން މަހު، ދިރާގުގެ ޓީމުތަކުން ދަނީ މަގުމައްޗަށް ނިކުމެ، ދިރާގު ތަށިބަރިތައް އާންމުންގެ ގިނަ ފަރާތްތަކަކަށް ހަދިޔާކުރަމުންނެވެ. މީގެ ތެރޭގައި އެކި އުމުރުފުރާތަކުގެ މީހުން ހިމެނެއެވެ. މި ތަށިބަރިތައް ލިބޭ ފަރާތްތަކުން ދަނީ މި އާދަކާދަ ދަމަހައްޓައި، އެ ތަށިބަރި އެހެން ފަރާތްތަކަށް ފޯރިއާއެކު ހަދިޔާކުރަމުންނެވެ.

2017 ވަނަ އަހަރު ދިރާގުން މި ހަރަކާތް ފަށައިފައިވަނީ ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގައެވެ. މިހާރު ދިރާގު ތަށިބަރި މޫވްމަންޓް ވެގެން ގޮސްފައިވަނީ ދިވެހީންގެ ތެރޭގައި މަގުބޫލު، މި ހަރަކާތާ ނުލާ ރަމަޟާން މަސް ފުރިހަމަ ނުވާނެ ފަދަ ހަރަކާތަކަށެވެ. އަދި، އެހެން ކުންފުނިތަކާ އޮފީސްތަކުން ވެސް ވަނީ ދިރާގުން މި ދެއްކި މިސާލު ބަލައިގަނެ އެ ފަރާތްތަކުގެ އަމިއްލަ ތަށިބަރި ދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: