ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދިވެސް ފެންނަނީ މަޖިލިސް ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ކުރާ މަންޒަރު: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދީފައިވާ ކަމަށާއި، އަދިވެސް ފެންނަމުންދަނީ މަޖިލިސް ކޮންޓް ލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރުކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަނު ކުރުމާ ގުޅޭގޮތުން ޖުޑީޝަރީ ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދީފައިވާ ކަމަށާއި، އަދިވެސް ފެންނަމުންދަނީ މަޖިލިސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަކީ އެކަމަށްޓަކައި ގެނެސްފައިވާ އިސްލާޙެއްކަން ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، އެ އިސްލާޙު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލޭނެކަމަށް އެ ކޯޓުން ނިންމި ހިސާބުން މައްސަލައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ދުސްތޫރީ މައްސަލަ ބެލުމަށް މުޅި ސުޕްރީމް ކޯޓު ނުކުޅެދިފައި އެވަނީ ބެންޗު ނެތުމުގެ ސަބަބުން

ޝަމްހީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް މި ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އެކަމުގައި ސަރުކާރުގެ އިސް އޮފިޝަލުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ބައިވެރިވިކަމުގެ ތުހުމަތުތައް އެބައޮތް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ޤާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭނެކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށްކުރުމަށް ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާޙު މަޖިލީހުން ފާސްކުރިނަމަވެސް، އެ އިސްލާޙު ރައީސް ތަސްދީޤު ކުރައްވާފައެއް ނުވެއެވެ. އެގޮތުން ފަނޑިޔާރުންނާ ގުޅޭ ތަހުގީގުތަކެއް ކުރިއަށްދަނިކޮށް ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތެއް ހިންގުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ބަންޑާރަނައިބު ދެއްވި ލަފަޔާ އެއްގޮތަށް ރައީސް ވަނީ މަޖިލީހަށް ދަންނަވާފައެވެ. އެހެންކަމުން މި ބިލު އިތުރަށް ދިރާސާ ކުރުމަށް ބިލު މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: