ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ ސެމިނަރއެއްގައި ބައިވެރިވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މިއީ 20 މާރިޗު 2025 އިން 02 އޭޕްރީލް 2025 ގެ ނިޔަލަށް ކުރިއަށްދާ ސެމިނާއެކެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރަކީ ”ސެމިނަރ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯރގަނައިޒޭޝަންސް ފޯރ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީ.އާރ.އައި) ޕާރޓްނަރ ކަންޓްރީސް“ ގެ ނަމުގައި ޗައިނާ ސަރުކާރުން އިންތިޒާމްކުރައްވައިގެން ކުރިއަށް ގެންދަވާ ސެމިނަރއެކެވެ.
މި ފުރުޞަތު މޯލްޑިވްސް މީޑިއާ ކައުންސިލަށް ފަހިކޮށްދެއްވަވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިންއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޗައިނާގެ ޚަބަރާއި މީޑިއާގެ އާދަތައް ދެނެގަތުމާއި، މީޑިއާގެ ދާއިރާއިން ޗައިނާއާއި ބީ.އާރ.އައިގެ އެހެނިހެން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.

