ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސްޓެލްކޯ އިމާރާތް.
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް ސްކީމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. 

ސްޓެލްކޯއިން ކުރި އިއުލާނެއްގައި ވަނީ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ ބެޗްލަރސް ޑިގްރީ (އަންޑަރ ގްރެޖުއޭޓް) އަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެގޮތުން މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ 24 އަހަރުން ދަށުގެ މީހުންނަށެވެ.

ކޯހުގެ ދާއިރާ އަދި ދާއިރާއަށް ކަނޑައެޅިފައިވާ އަދަދަށް ބަލާއިރު، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ (1 ޖާގަ) އަދި މެކޭނިކަލް އިންޖިނިއަރިންގ (2 ޖާގަ) ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަލާއިރު، އޭލެވެލް ފުރިހަމަކޮށްފައިވުން ހިމެނެއެވެ. އަދި އޭލެވެލްގެ ހިސާބު، ފިޒިކްސް އަދި ކެމިސްޓްރީ ނުވަތަ ކޮމްޕިއުޓަރ ސައިންސް އިން އޭސްޓަރ ހޯދާފައިވުން ނުވަތަ އެ ނަތީޖާއާ އެއްވަރުގެ އައިބީ ސެޓްފިކެޓެއް އޮތުން ހިމެނެއެވެ.

މީގެ އިތުރުން، އޯލެވެލްގައި އިނގިރޭސި މާއްދާއިން އެންމެ ދަށްވެގެން ބީ ފާސް ލިބިފައިވުންވެސް ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޭޕްރީލް 2025 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: