ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމްއާން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ކުރީގެ ސީޕީ ފަސީހު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އައްޔަނުކޮށްފިއެވެ.

ރޭ ދަންވަރު ކުއްލި ގޮތަކަށް ޝަމްއާން ވަކިކޮށް، އޭގެ މަދު ގަޑިއިރުތަކެއް ފަހުން ކޮންޓްރޯލަރ ކަމަށް އައްޔަނު ކުރި ފަސީހު ޕޮލިސް ބޯޑުގައި ވެސް ހިދުމަތް ކުރެއްވި އެވެ.

އެކްސް ޕޯސްޓެއް ހިއްސާ ކުރައްވާ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުުހައްމަދު މުއިއްޒު، ފަޞީޙް އެ މަގާމަށް އައްޔަނު ކުރެއްވިކަމަށް ވިދާޅުވެފައެވެ.

ޝަމްއާން ވަކި ކުރިއިރު އިމިގްރޭޝަންގެ ތެރޭގައި މަގާމުގެ ނުފޫޒާއި ބާރު ބޭނުން ކުރި މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: